ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ހއ. އިހަވަންދޫ ނަންބަރ: IUL-248-ESMSMS/248/2018/79
ދިވެހިރާއްޖެ
އިޢުލާން
މިރަށު ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުން
މިރަށު ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެ ތަކެތި ހޯދާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރު 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 24 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މި ތަކެތި ހޯދާދިނުމަށް ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.