ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުން

އިޢުލާން

           

މިކޯޓުގެ ނަންބަރު 144-A3/2018/897 (27 ސެޕްޓެމްބަރ2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  އިޢުލާނާއި ގުޅިގެން ކުރަން ބޭނުންވާ މަސައްކަތުގެ ތަފްޞީލް މިދަންނަވަނީއެވެ.

 

ކުރަންޖެހޭ މަސައްކަތް:

 

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ 2 ވަނަފުލޯގެ ވެއިޓިން އޭރިޔާގެ ފަހަތު ބައިން މުވައްޒަފުން ތިބޭނެ ތަނެއް ހެދުމާއި، 2 ވަނަ ފުލޯގައި ޤާޟީގެ ކޮޓަރި ކޮޅަކާއި ޝަރީއަތުގެ މާލަމަކާއި އެޤާޟީންގެ މުވައްޒަފުން ތިބޭނެ ތަނެއް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައިސް އާބާތުރަ ފިލުވާ އެތާނގެ ސީލިން އާއި ކަރަންޓު ވައިރިންގ އަލުން އެޅުމާއި އަދި B5-CR4 ސެކްޝަންގެ މުވައްޒަފުން ތިބޭ ބަޔާއި B5-CR2 ސެކްޝަންގެ ޝަރީއަތްކުރާ ކޮޓަރިއާއި މުވައްޒަފުންތިބޭ ބަޔަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް.

ވީމާ މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަރާމާތު ކުރާ ފްލޯ ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:15 އަށް ޖަސްޓިސް ބިލްޑިންގ ސެކަންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި އެގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ފޯރުކޮށް ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު މި އިޢުލާނާއި އެކު މިކޯޓުގެ ވެބްސައިޓްގައި ފެންނާނެހެން ހުންނާނެއެވެ.

                  30  ޞަފަރު   1440

10  އޮކްޓޯބަރ 2018

10 އޮކްޓޫބަރު 2018
ހޯދާ