މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމާ ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކުރުމުގެ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަޠު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ފޯމް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން 2018 އޮކްޓޯބަރ 14 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން:

ތާރީޚް

ގަޑި

09 އޮކްޓޯބަރ 2018 (އަންގާރަ)

16:00-18:00

20:00-23:00

10 އޮކްޓޯބަރ 2018 - 14 އޮކްޓޯބަރ 2018 (ހުކުރު ދުވަސް ފިޔަވައި)

9:00-14:00

 

ފޯމް ބަލައިގަތުން:

 

ތާރީޚް

ގަޑި

09 އޮކްޓޯބަރ 2018 (އަންގާރަ)

16:00-18:00

20:00-23:00

10 އޮކްޓޯބަރ 2018 - 14 އޮކްޓޯބަރ 2018 (ހުކުރު ދުވަސް ފިޔަވައި)

9:00- 14:00

16:00- 18:00

20:00- 23:00

 

ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ އިސްވެ ދެންނެވުނު ގަޑިތަކުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިކަމަށް ޚާއްސަކުރެވިފައިވާ ކައުންޓަރުތަކާއި ވެލާނާގެ ތިރީގައި ހުރި ކައުންޓަރުންނެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގައި މިކަމަށް ޚާއްސަކުރެވިފައިވާ ކައުންޓަރުތަކުންނެވެ. މީގެއިތުރުން މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.      

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމާ ގުޅޭ ޝަރުޠުތަކާއި، އިތުރު ތަފްޞީލުތައް ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.

10 އޮކްޓޫބަރު 2018
ހޯދާ