ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ކުނި މެނޭޖްކުރުމަށް ވެހިކަލް ގަތުމަށް އަލުން އިޢުލާން ކުރުން

ނަންބަރ:  IUL)415/415/2018/57)                                

އިޢުލާން

ތިނަދޫ ކުނި މެނޭޖްކުރުމަށް ވެހިކަލް ގަތުމަށް އަލުން އިޢުލާން ކުރުން

 ގދ. ތިނަދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް 02 ޕިކަޕް ގަތުމަށް ކުރެވުނު ނަންބަރ: (IUL)415/415/2018/13 (18 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން މަސައްކަތާއި ހަވާލުވި ފަރާތުން ފުރިހަމަ އެއްބާރުލުން ދީފައިނުވާތީ، 02 ވެހިކަލް ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާ އަށް ޕްރޮޕޯސަލް ހުށެހެޅެއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފްކުރުން

15 އޮކްޓޯބަރ 2018

ހޯމަ

11:00

ޕްރޮޕޯސަލް ހުށެހެޅުން

22 އޮކްޓޯބަރ 2018

ހޯމަ

11:00

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. 

29 މުޙައްރަމް 1440

09 އޮކްޓޫބަރު 2018
ހޯދާ