މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުންވެއްޖެ
އިޢުލާން
މުވައްޒަފަކު ބޭނުންވެއްޖެ
މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
- މަޤާމް: ޑުރައިވަރު
- ބޭނުންވާ ޢަދަދު: 01 ( އެކެއް )
- މުސާރައާއި އެލަވަންސް މަހަކު: -/6000ރ (ހަހާސް ރުފިޔާ)
- ފެންވަރު ނުވަތަ ސަރުތު: ދެ ޓަނުންމަތީގެ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮތުމާއި އެކު އަސާސީ ތަޢުލީމު ފެންވަރު ހުރުން އަދި ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން .
- ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނި މެނޭޖު ކުރުމުގެ މަސައްކަތުގައި ގެންގުޅޭ ޕިކަޕުދުއްވުމުގެ މަސައްކަތް ކުރުމާއި އެކު ޕިކަޕުގައި ކުރަންޖެހޭ އެކި އެކި މަސައްކަތް ކުރުން.
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2018 އޮކުޓޫބަރު 18 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ އާއި، ޕިކަޕު ދުއްވުގެ ލައިސަންސް ކޮޕީ ހިމަނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
29 މުޙައްރަމް 1440
09 އޮކުޓޫބަރު 2018
09 އޮކްޓޫބަރު 2018
ހޯދާ