ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް ދޫކުރުމާއި ބަލައިގަތުން

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި ޕޮއިންޓް ދޭނެ އުޞޫލު އިސްލާހު ކުރުމަށްޓަކައި މި އިދާރާގެ ނަންބަރު (7-05-2018) 265/265/2018/13(IUL) އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މިރަށުގައި ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތްތަކަށް 08 އޮކްޓޯބަރ 2018 އިން ފެށިގެން 18 އޮކްޓޯބަރ 2018 ގެ 12:00 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯރމް މިއިދާރާއިން ދޫކުރުމާއި ބަލައިގަތުން ވަނީ ހަމަޖެހިފައެވެ. ފޯމެއްގެ އަގަކީ -/25ރ އެވެ. (މިއިދާރާގެ ނަންބަރު 265/265/2018/13(IUL) އިޢުލާނާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތައް މިބުރުގައި ފޯމުގެ އަގު ދައްކާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އެ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.) ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 12:00 އަށެވެ. މިމުއްދަތުގެ ފަހުން ފޯރމް ދޫކުރުމާއި ބަލައިގަތުން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ތަކަކީ ދޮންއީސާ ހިނގުމުގެ ދެކުނުންނާއި ، އިރުވައި ހިނގުމުގެ އިރުންނާއި އަދި ރައްދެބައި މަގުގެ އިރުން ފެސްކޯގެ އުތުރުންނެވެ. މި އިޢުލާނާއި އެކު ސަރަހައްދު އެނގޭނޭ ޗާޓެއް އާންމު ކުރެވިފައިވާނެއެވެ.

ގޯއްޗަށް އެދޭ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަށް:

1. ދިވެހި ރައްޔިތަކަށްވުން

2. އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން

3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

   3.1 - ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.

   3.2 - ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން

   3.3 - އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުން ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމު ބާޠިލްވާނެއެވެ.

4. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން

5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް  އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން

6. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން

7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައިނުވުން

8. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން

 

ނޯޓް: މި ޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާޠިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތުގެ ތަފްޞީލް:

ތަފްޞީލް

ޕޮއިންޓް

1.     ކައިވެނި

 

ހ. ގޯއްޗަށް އެދޭ ފަރާތަކީ ކައިވެނިކޮށްގެން ހުރި ފަރާތެއްކަމަށްވާނަމަ، އެމީހަކަށް 25 ޕޮއިންޓް ލިބޭނެއެވެ. (އެކަކަށްވުރެ ގިނަ މީހުންނާ އިނދެގެން ހުރިކަމުގައި ވީނަމަވެސް ލިބޭނީ ގިނަވެގެން 25 ޕޮއިންޓެވެ.)

25

ށ. ކައިވެނި ރޫޅިފައިވީނަމަވެސް، ނުވަތަ އެނޫން ގޮތަކުން ވިޔަސް ގޯއްޗަށް އެދޭމީހާގެ ބެލުމުގެ ދަށުގައި 18 އަހަރު ނުފުރޭ އުފަން ދަރިން ތިބިނަމަ 25 ޕޮއިންޓް ލިބޭނެއެވެ. (މިބައިން ޕޮއިންޓް ލިބޭނީ ގޯއްޗަށް އެދޭ މީހާގެ ބެލުމުގެ ދަށުން، އޭނާ ޚަރަދުކޮށްގެން އެފަރާތުގެ ޢާއިލާއިން ނުވަތަ އޭނާ، ދަރިން ބަލަމުން ގެންދާނަމައެވެ.) މިއަކުރުގެ (ހ) އިން މާރކްސް ލިބިފައިވާނަމަ، މި އަކުރަކަށް މާރކުހެއް ނުލިބޭނެއެވެ.

25

2.     ޢުމުރުގެ

 

ހ. ޢުމުރުން 21 އަހަރާއި 25 އަހަރާއި ދެމެދު ނަމަ 05 ޕޮއިންޓް ލިބޭނެއެވެ.

05

ށ. ޢުމުރުން 26 އަހަރާއި 30 އަހަރާއި ދެމެދު ނަމަ 06 ޕޮއިންޓް ލިބޭނެއެވެ.

06

ނ. ޢުމުރުން 30 އަހަރުން މަތިނަމަ 07 ޕޮއިންޓް ލިބޭނެއެވެ.

07

3.     ގޯއްޗަށް އެދޭ ފަރާތުގެ ދަރިން ނުވަތަ އެފަރާތުގެ ބެލުމުގެ ދަށުގައިވާ ދަރިން

 

ހ. ކައިވެނި ކޮށްފައި ނުވާ އުމުރުން 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

10

ށ. ކައިވެނި ކޮށްފައި ނުވާ އުމުރުން 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް ލިބޭނެއެވެ. (3 ވަނަ ނަންބަރުގެ "ށ" ގައިވާ މިބަޔަށް ގިނަވެގެން ދެވޭނީ 12 ޕޮއިންޓެވެ.) މިބައިގައި ޕޮއިންޓް ލިބޭނީ ހަމައެކަނި އުފަންދަރިންނަށެވެ.

12

ނ. ގޯއްޗަށް އެދޭމީހާގެ 18 އަހަރުން ދަށުގެ އުފަން ދަރިންނެތް ހާލަތެއްގައި، މި ޕޮއިންޓް ދެވޭގޮތަށް އަމަލުކުރަންފަށާ ތާރީޚުގެ ކުރިން ޝަރުޢީގޮތުން ކޯޓްމެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ މީހަކާ ނުއިނދެ ހުރި 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

10

ރ. ގޯއްޗަށް އެދޭމީހާގެ އުފަންދަރިން ފިޔަވާ (މި ޕޮއިންޓް ދެވޭ ގޮތަށް އަމަލުކުރަންފަށާ ތާރީޚުގެ ކުރިން) ޝަރުޢީގޮތުން ކޯޓްމެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް ލިބޭނެއެވެ. (3 ވަނަ ނަންބަރުގެ "ރ" ގައި ވާ މިބަޔަށް ގިނަވެގެން ދެވޭނީ 12 ޕޮއިންޓެވެ.

12

ބ. 3 ވަނަ ނަންބަރުގައިވާ ދަރިންގެ ބަޔަށް ގިނަވެގެން ދެވޭނީ 22 ޕޮއިންޓެވެ.

22

4.     މައިންބަފައިން

 

ހ. 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިނުވާ، މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމަ 3 ޕޮއިންޓް ލިބޭނެއެވެ. (މިބަޔަށް ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާކަމަށް ދައްކުވައިދޭ ލިޔުމެއް، ދެ ހެކިންގެ ހެކިބަހާއިއެކު މަންމަ ނުވަތަ ބައްޕަގެ ސޮޔާއެކު ހުށަހެޅުމުންނެވެ. އަދި ދެމީހުން އެކުގައި ނުވަތަ ވަކިވަކިން ބެލިކަމުގައިވިޔަސް މިބަޔަށް ގިނަވެގެން ދެވޭނީ 3 ޕޮއިންޓެވެ. މައިންބަފައިން އެކުގައި ކައިވެނިކޮށްގެން ދިރިއުޅޭނަމަ، ދެމީހުންކުރެ އެކަކުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަވެސް މިބަޔަށް ޕޮއިންޓް ނުލިބޭނެއެވެ.)

3

5.     ރަށްވެހިކަން

 

ހ. ރަށުގައި ރަޖިސްޓްރީ ވެފައިވާތާ 1 އަހަރާއި 5 އަހަރާއި ދެމެދުނަމަ 4 ޕޮއިންޓް ލިބޭނެއެވެ. (1 އަހަރު ނުވާނަމަ ޕޮއިންޓެއް ނުލިބޭނެއެވެ.)

4

ށ. ރަށުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުން މަތިނަމަ 6 ޕޮއިންޓް ލިބޭނެއެވެ. (ކިތަންމެ ގިނަ އަހަރެއް ވެފައި ވީނަމަވެސް ގިނަވެގެން ލިބޭނީ 6 ޕޮއިންޓެވެ.)

6

ނ. ރަށުގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްތްރީވެފައިވާ މީހުންގެ ތެރެއިން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައިވާ 3 ގިންތީގެ ތެރެއިން ޝަރުތުހަމަވާ އެއް ގިންތިއަކަށެވެ. އަދި މިކަން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ލިޔުން ތިރީގައިވާ ނަންބަރުތަކުގައި ބަޔާންކޮށްފައިވާގޮތަށް މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1. މި ނަންބަރުގައިވާ ޝަރުތުންކުރެ ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށް 10 ޕޮއިންޓް ލިބޭނެއެވެ.

 

1.1 – މި ޕޮއިންޓް ދެވޭގޮތަށް އަމަލުކުރަން ފެށި ތާރީޚާއި ހަމައަށް ގޯއްޗަށް އެދުނު ފަރާތަކީ 3 އަހަރު މެދުނުކެނޑި ރަށުގައި ދިރިއުޅެފައިވާ ފަރާތެއް ކަމުގައިވުން (ރަށުގައި މެދުނުކެނޑި ދިރިއުޅޭ ކަމަށް ބެލެވޭނީ އަހަރެއްގެ މައްޗަށް އެވަރެޖް ގޮތެއްގައި ގިނަވެގެން 3 މަސްދުވަހަށްވުރެ އިތުރަށް ރަށުން ބޭރުގައި ހޭދަކޮށްފައި ނުވާކަން އަންގައިދޭ ލިޔުމެއް، ރަށުގައި ހޭދަކުރި މުއްދަތާއި ރަށުން ބޭރުގައި ހޭދަކުރި މުއްދަތު އެނގޭގޮތަށް ދެހެކިންގެ ހެކިބަހާއިއެކު ހުށަހަޅާފައިވާނަމައެވެ.)

 

1.2 – ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، މި ޕޮއިންޓް ދެވޭގޮތަށް އަމަލުކުރަންފެށި ތާރީޚާއި ހަމައަށް މެދުނުކެނޑި ފާއިތުވި 3 އަހަރު ރަށުގައި ދިރިއުޅެފައިވުން (ރަށުގައި މެދުނުކެނޑި ދިރިއުޅޭކަމަށް ބެލެވޭނީ އަހަރެއްގައި މައްޗަށް އެވްރެޖްގޮތެއްގައި ގިނަވެގެން 3 މަސްދުވަހަށްވުރެ އިތުރަށް ރަށުން ބޭރުގައި ހޭދަކޮށްފައި ނުވާކަން އަންގައިދޭ ލިޔުމެއް، ރަށުގައި ހޭދަކުރި މުއްދަތާއި ރަށުން ބޭރުގައި ހޭދަކުރި މުއްދަތު އެނގޭގޮތަށް ދެ ހެކިންގެ ހެކިބަހާއިއެކު ހުށަހަޅާފައިވާނަމައެވެ.)

 

1.3 – ރަށުން ލިބެން ނެތް ތަޢުލީމެއް ހޯދުމަށް 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން (އަދި އެކަން ސާބިތުކޮށްދިނުމަށް ކިޔަވަން ފެށި ތާރީޚާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް (ތަޢުލީމް ޙާޞިލް ކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައި އެ އިދާރާގެ ރަސްމީ ލިޔުމެއް) ހުށަހަޅަންވާނެއެވެ.

 

1.4 – ގޯއްޗަށް އެދޭ މީހާގެ، އުމުރުން 18 އަހަރު ނުފުރޭ އުފަން ދަރިއެއް ނުވަތަ ގޯއްޗަށް އެދޭ މީހާއަށް ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކު ރަށުގައި ތަޢުލީމް ޙާޞިލްކުރަމުން ދިޔުން (އަދި، އެކަން ސާބިތުކޮށްދިނުމަށް ކުއްޖާ ތަޢުލީމު ޙާޞިލްކުރަމުންދާ ސްކޫލުގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

2. މި ޕޮއިންޓް ދެވޭ ގޮތްތަކުގެ 5 ވަނަ ނަންބަރުގެ "ނ" ގެ 1 ގައިވާ ޝަރުތަކުންކުރެ ޝަރުތެއް ފުރިހަމަނުވާ ފަރާތްތައް، ތިރީގައިވާ ޝަރުތަކުންކުރެ ޝަރުތެއް ފުރިހަމަ ވާނަމަ 05 ޕޮއިންޓް ލިބޭނެއެވެ.

05

2.1 – ރަށުން ލިބެން ނެތް ތަޢުލީމެއް ހޯދުމަށް 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން ނުވަތަ ދިރިއުޅެފައިވުން (އަދި، އެކަން ސާބިތުކޮށްދިނުމަށް ކިޔަވަން ފެށިތާރީޚާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް ތަޢުލީމު ހާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

2.2 – ގޯއްޗަށް އެދޭމީހާ ރަށުގައި ދިރިނޫޅުނުކަމުގައި ވިޔަސް ވާރުތަމުދަލުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ކުރިނބީ އިން ލިބިފައިނެތް ފަރާތެއްކަމުގައިވުން

 

2.3 – ގޯއްޗަށް އެދޭމީހާގެ، އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް ނުވަތަ ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކަށް ރަށުން ލިބެން ނެތް ތަޢުލީމެއް ހޯދައިދިނުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން އަދި، އެކަން ސާބިތުކޮށްދިނުމަށް ކުއްޖާ ތަޢުލީމް ޙާސިލްކުރަމުންދާ ސްކޫލުގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް، ނުވަތަ ކޯހެއް ފުރިހަމަކުރަމުން ދާނަމަ ކިޔަވަން ފެށި ތާރީޚާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް (ޠައުލީމް ޙާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު  ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

2.4 – ދާއިމީ ގޮތެއްގައި ފަރުވާކުރުމަށް ރަށުން ލިބެންނެތް ސިއްޙީ ފަރުވާއެއް ހޯދުމަށް ގޯއްޗަށް އެދޭމީހާ ނުވަތަ ދަރިން ނުވަތަ ޝަރުއީގޮތުން ކޯޓު މެދުވެރިކޮށް ބެލުމަށް ހަވާލުކޮށްފައިވާ ކުއްޖަކަށް ސިއްޙީ ފަރުވާއެއް ހޯދައިދިނުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން (ރަޖިސްޓްރީކޮށްފައިވާ ސިއްޙީ އިދާރާއަކުން ދީފައިވާ ބަލީގެ ބާވަތް އެނގޭނެ ރަސްމީލިޔުމެއް، ތައްގަނޑު ޖަހާފައިވާ، ހުށަހަޅަންވާނެއެވެ.)

 

3. މި ޕޮއިންޓް ދެވޭގޮތުގެ 5 ވަނަ ނަންބަރުގެ 'ނ' ގެ 1 އަދި 2 ގައިވާ ޝަރުތު ފުރިހަމަނުވާ ފަރާތްތައް، ތިރީގައިވާ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަ ވާނަމަ 02 ޕޮއިންޓް ލިބޭނެއެވެ.

02

3.1 – ކުރިނބީގެ ރައްވެހިންގެ ތެރެއިން ދާއިމީ ގޮތެއްގައި ރަށުން ބޭރުގައި ދިރިއުޅުނު ކަމުގައިވިޔަސް ފާއިތުވި 2 އަހަރުތެރޭގައި ކުރިނބީގައި ހަފްތާއަކަށްވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ދެ ހެކިންގެ ހެކިބަހާއެކު ހުށަހަޅާފައިވާނަމައެވެ.

 

ރ. މި ޕޮއިންޓް ދެވޭގޮތުގެ 5 ވަނަ ނަންބަރުގެ 'ނ' ވަނަ ނަންބަރުގެ ދަށުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާގޮތަށް (ރަސްމީ އިދާރާގެ ތައްގަނޑު ޖަހާފައިވާ ރަސްމީ ލިޔުން) މައުލޫމާތު ފުރިހަމަ ނުވާނަމަ، 5 ވަނަ ނަންބަރުގެ 'ނ' އަށް މާރކްސްއެއް ނުދެވޭނެއެވެ.

 

ބ. މި ޕޮއިންޓް ދެވޭގޮތަށް ޢަމަލުކުރަން ފަށާނީ މި ޕޮއިންޓްދެވޭ ގޮތް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

 

ޕޮއިންޓް އުނިކުރެވޭނެ ޙާލަތްތައް

 

  1. ޕޮއިންޓް އުނިކުރުން

 

ހ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް ކެނޑޭނެއެވެ.

10

ށ. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް ކެނޑޭނެއެވެ.

10

ނ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 5 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްކަމުގައި ވާނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ.)

05

ރ. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 5 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްކަމުގައި ވާނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ.)

05

ބ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އަދި ބައްޕަގެ ނަމުގައިވެސް ގޯއްޗެއް (600 އަކަފޫޓަށްވުރެ ބޮޑު) ވަކިވަކިން ރަޖިސްޓްރީ ކޮށްފައި ވާނަމަ 5 ޕޮއިންޓް ކެނޑޭނެއެވެ.

05

އިތުރު ތަފްޞީލް:

1. ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާލަތުކަމަށް ބަލާނީ، ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚާއި ހަމައަށް އެފަރާތެއްގެ ހާލަތު ހުރި ގޮތަކަށެވެ. ނަމަވެސް، ތިރީގައިވާ ޙާލަތުންކުރެ ހާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތި ދިނުމުގައި އެހާލަތައް ރިޢާޔަތް ކުރެވޭނެއެވެ.

2. އެއްވެސް ކަމަކާއި ގުޅިގެން ފޯމު ހުށަހަޅާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެއްޖެނަމަ، އެފަރާތަކުން ހުށަހަޅާފައިވާ ފޯމް ބާތިލްވާނެއެވެ.

   ހ. ފޯމް ހުށަހަޅާފައިވާ ފަރާތް ނިޔާވުން

   ށ. ހިބައިން ނުވަތަ ވަޞިއްޔަތުން، ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން

   ނ. ދިވެހިރައްޔިތުކަން ދޫކުރުން

3. ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމެއްވެސް ބަލައިގަނެވޭނެއެވެ. އެގޮތުން، ހުށަހަޅާފައިވާ ފޯމްތަކާއިމެދު ގޮތެއް ނިންމައި، ބާޠިލްވާ ފޯމްތައް ކަނޑައަޅައި، އަދި އެނޫންވެސް އިވެލުއޭޝަންގެ މަސައްކަތްކުރާނީ އެކަމަށް އެކުލަވާލާފައިވާ ކޮމިޓީންނެވެ.

4. ގޯއްޗަށް އެދޭ ފޯމުގައި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލްކުރެވޭނެއެވެ.

5. ގޯއްޗަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ސާބިތުކުރުމަށް، ފޯމުގެ ޗެކްލިސްޓްގައި ހިމަނާފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި، އެ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، ފޯމާއެކު ހުށަހަޅަންޖެހޭ ފުރިހަމަ މަޢުލޫމާތު ހުށަހަޅާފައިނުވުމުގެ ސަބަބުން އެ ފޯމެއް ބާޠިލް ކުރެވޭނެއެވެ.

6. ގޯއްޗަށް އެދޭ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައި ހިމަނާފައިވާ ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، ބަދަލު ދިނުމަކާއިނުލައި، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

7. ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކުކޮށް ޝަރުތުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓްލިބޭމީހުން ކަނޑައަޅާނީ ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީންނެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

08 އޮކްޓޫބަރު 2018
ހޯދާ