ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ އިން ފޯދުނު 28 ދިވެހި ރުށް ކުއްޔަށް ދޫކުން

ރަތަފަންދޫ ޗާންދަނީމަގާއި އިތުބާރުމަގާއި ދެމެދު ބީޗްރޯޑާއި މެރިންރޯޑާއި ދެމެދެ ގައިހުރި ރައްޔިތުންގެ ފޯދުނު 22 ދިވެހިރުކާއި ރަތަފަންދޫ ޖެޓީގެ ހުޅަނގުން އޮތް ފަސްގަޑުގައިހުރި ފޯދުނު 5 ދިވެހިރުކާއި މަސްޖިދުލްއިޢުތިޒާޒް މިސްކިތާއި އެއްއިންވެގެން ކަށްބިމުގައި ލިލީމަގާއިވީފަޅީގައި އިން ފޯދުނު ދިވެހި ރުކާއި އެކުޖުމްލަ : 28 ދިވެހިރުއް ކުއްޔަށްދޫކުރުމަށްވަނީ ހަމަޖެހިފައެވެ .

            ވީމާ ، މިރުއްތައް ކުއްޔަށް ހިފުމަށް ޝަވްގުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޫބަރ  2018 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިރުއްބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މިރުއްތައް ކުއްޔަށް ދިނުމަށްބޭނުންވާތީ ކުރެވުނު ނަމްބަރ : (IUL)420-PM/420/2018/20 ގެއިޢުލާނަށް އިޖާބަދީފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާންވަނީ ބާތިލް ކުރެވިފައެވެ.

03 އޮކްޓޫބަރު 2018
ހޯދާ