ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޕްރިންޓްކުރަން ބޭނުންވެއްޖެ

ތަފާސް ހިސާބުގެ އަހަރީ ފޮތް ޕްރިންޓްކުރަން ބޭނުންވެއްޖެ

 

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީފޮތް ޕްރިންޓްކުރަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (IUL)457-AIT/1/2018/3 (30 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީފޮތް ޕްރިންޓްކުރުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ޕްރިންޓްކުރަން ބޭނުންވާ އަދަދު.

-          ތަފާސްހިސާބުގެ އަހަރީ ފޮތުގެ 150 ކޮޕީ

-          ތަފާސްހިސާބުގެ ޕޮކެޓް ބުކްގެ 200 ކޮޕީ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު 11:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގެ 9 ވަނަ ފަންގެފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާއިބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008414/3008400 އަށް ގުޅުއްވުން އެދެމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

07 އޮކްޓޫބަރު 2018
ހޯދާ