ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ކުއްޔަށްހިފުން
މިޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ސެޓަޕެއް ހެދޭގޮތަށްހުރި 1 ފްލޯ ނުވަތަ ޖެހިޖެހިގެން ހުރި 2 ފްލޯއިން 4500 އަކަފޫޓަށްވުރެ ކުޑަނޫން ރަނގަޅު ފެންވަރެއްގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު: 200-VTR/IU/2018/9އިޢުލާން ބާޠިލުކޮށް އެކަމަށް އަލުން ހުޅުވާލަމެވެ.
ވީމާ މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް 18 އޮކްޓޫބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގ، 3 ވަނަ ފަންގިފިލާ) އަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލްގައި ހިމަނަންވީ މަޢުލޫމާތު:
- ގޯތީގެ ނަން،
- މަހު ކުލި (ދިވެހި ރުފިޔާ)
- މަހު ކުލީގެ އިތުރަށް ފައިސާއެއް ނަގާނަމަ އެފައިސާގެ ތަފްޞީލު
- ގޯތީގެ ބޮޑުމިން (އަކަފޫޓުން)
- ކުއްޔަށް ދޫކުރާ ތަނުގެ ފްލޯރޕްލޭން
- ކުއްޔަށް ދޭ މުއްދަތު
- ލިފްޓު ހުރިކަން ނުވަތަ ނެތްކަން
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
1 |
މަހު ކުލި |
80% |
2 |
ތަނުގެ ބޮޑުމިން (އަކަ ފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން |
10% |
3 |
ކުއްޔަށް ދެވޭނެ މުއްދަތު |
5% |
4 |
ލޮކޭޝަން |
5% |
ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ގ.ފަތުރުވެހި،3 ވަނަ ފަންގިފިލާ، ބުރުޒުމަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3307701 960+ ، ފެކްސް: 3308774 960+
އީމެއިލް : [email protected]
ވެބްސައިޓް: www.employmenttribunal.gov.mv