ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، ސީސީޓީވީ ކެމެރާ ފަދަ އާލަތްތައް މެދުވެރިކޮށް އޮފީސް އިމާރާތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު: IUL)221-ASS/2018/6) (09 މެއި 2018) އިއުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބު ވަނީ މަސައްކަތުގެ ސްކޯޕަށް ގެންނަންޖެހުނު ބަދަލަކާއި ގުޅިގެން ބާތިލްކުރެވިފައެވެ. ވީމާ މަސައްކަތުގެ ސްކޯޕަށް ގެނެވުނު ބަދަލާއި އެއްގޮތައް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.               

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018  އޮކްޓޯބަރ 10 ވާ ބުދަ ދުވަހުގެ 10:30 އަށް މިއޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 15 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

  

24 މުހައްރަމް 1440

04 އޮކްޓޯބަރ 2018

04 އޮކްޓޫބަރު 2018
ހޯދާ