އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުލައިޓްތަކާއި މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

މިއިދާރާގެ ނަމްބަރު IUL)339/339/2018/33) ( 27 އޮގަސްޓު2018 ) އިޢުލާނަށް ހުށަހަޅުއްވާފައިވާ އަގުބޮޑުކަމަށް ކައުންސިލުން ނިއްމާފައިވާތީ އަލުން އިޢުލާން ކުރަމެވެ.

             މިރަށުގެ ބަނދަރު ލައިޓްތަކާއި އިޖްތިމާޢީ ސަރަހައްދު ތަކުގައިވާ މަގުބައްތިތައް ، 24 އޮކްޓޫބަރ 2018 އިން 25 އޮކްޓޫބަރ 2019 ގެ ނިޔަލަށް ( 1 އަހަރު ދުވަހުގެ މުއްދަތައް ) ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ . މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

15 އޮކްޓޫބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

18 އޮކްޓޫބަރ 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

 

           

             އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގައްނަވާ ފަރާތްތަކަށް ފޯމް ދޫކުރެވޭނެއެވެ . މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގައްނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ . އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ . އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.

04 އޮކްޓޫބަރު 2018
ހޯދާ