ދިވެހިރާއްޖެ
އިޢުލާނު
މަގުމަތި ކުނިކެހުމާއި ބެހޭ އުޞޫލު ޢާއްމުކުރުން.
ޤާނޫނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެ މާއްދާގެ (ޑ) ގެ ދަށުން ކައުންސިލުން އެކުލަވާލައި 4 އޮގަސްޓް 2014 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޤާނޫނީ ބާރު ލިބިފައިވާ، މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގަވައިދުގެ ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުން އެކުލަވާލާފައިވާ "މަގުމަތި ކުނިކެހުމާއި ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލު" ކައުންސިލުގެ، 2018 ވަނަ އަހަރުގެ 38 ވަނަ ޖަލްސާއިން ފާސްކޮށް، އެ އުޞޫލު ޢާއްމުކުރަމެވެ. އެ އުޞޫލުގެ 2 (ދޭއް) ވަނަ މާއްދާގައިވާގޮތުން އެ އުޞޫލު ޢާއްމުކުރާ ތާރީޚުންފެށިގެން 3 (ތިނެއް) މަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެ އުޞޫލަށް ޢަމަލުކުރަން ޖެހެއެވެ.
ވީމާ، މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ، މަގުމަތި ކުނިކެހުމާއި ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލަށް 2019 ޖަނަވަރީ 4 ވަނަ ދުވަހުންފެށިގެން ޢަމަލުކުރައްވަން ޖެހޭނެކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރަމެވެ.
23 މުޙައްރަމް 1440
03 އޮކްޓޫބަރު 2018