ދިވެހިރާއްޖެ
އިޢުލާނު
ނިލަންދޫން މަސްމާރުކޭޓް ކުއްޔަށް ދޫކުރުން.
ނިލަންދޫ މަސްމާރުކޭޓް މަހަކު 5,000/- (ފަސްހާސް) ރުފިޔާ އަށްވުރެ ކުޑަނޫން ކުއްޔަކަށް 10 (ދިހައެއް) އަހަރަށް، މަސްމާރުކޭޓު (ތިރީ ބަޔާއި މަތީބަޔާއި ގޯއްޗާއެކު) ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، ނިލަންދޫ މަސްމާރުކޭޓު ކުއްޔަށް ހިފަން ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރު 9 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫ މަސްމާރުކޭޓު ކުއްޔަށް ހިފުމަށްއެދި" މިހެން ލިޔަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
23 މުޙައްރަމް 1440
03 އޮކްޓޫބަރު 2018