މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

       ނަންބަރ: IUL)306/306/2018/36)

      

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ބަގީ ޑްރައިވަރ

ބޭނުންވާ ޢަދަދު

1

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

ވަޒީސާ އަދާކުރަންޖެހޭ ވަގުތު

08:00 އިން 14:00 އަށް (07 ގަޑިއިރު)

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

 1-  ކުނިމެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ބަގީގައި ކުނި ކުނިނަގައިގެން ވޭސްޓް މެނޭޖްމަންޓް ސެންޓަރއަށް ގެންގިޔުން

 2-   ބަގީ ސާފުކޮށް ބެލެހެއްޓުން

 3-   ބަގީ އަށް ދިމާވާ އެކި އެކި މައްސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުން.

 4-   ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން

 5-   އޮފީހުގެ އިދާރީ މުވައްޒަފުންނާއި މަޝްވަރާކޮށްގެން ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގެތަކުގެ ލިސްޓްތަކާއި ފަޅުގޯތިތަކުގެ ލިސްޓްތައް ހޯދުމަށްފަހު އެތަންތަނުން ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުމާއި ޕްރޮގްރާމްގައި ބައިވެރިވެފައިނުވާ ތަންތަނުން ކުނި ނުނެގޭކަން ކަށަވަރުކުރުމާއި މިކަންކަން ގަވާއިދުން އޮފީހަށް ރިޕޯޓް ކުރުން

 6-   ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ގޭޓްފީގެ ގޮތުގައި ދައްކާ ފައިސާ ބަލައިގަނެ އޮފީހާ ހަވާލުކުރުން

 7-   މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން

 

 

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ  

ސަރވިސް އެލަވަންސް

ޑްރައިވަރ

 

 

 

-    މޯލްޑިވްސް ޓްރާންސްޕޯޓް  އޮތޯރެޓީއިން ދޫކުރާ ،C4 03C ކެޓަގަރީ ލައިސަންސް ޙާޞިލްކޮށްފައިވުމާއިއެކު ލިޔެކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.  އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއްކަމުގައި ވުމާއިއެކު ދިވެހިރައްޔިތެއް ކަމުގައިވުން.

 

 

-/2000 ރުފިޔާ

-/1000 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1-  ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން

 2-  ލިބިލައްވާފައިވާ މަސައްކަތު ތަޖުރިބާ

 3-  މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރަސްމާދޫގައެވެ.  މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް  އިދާރާއިން ލިބެން ހުންނާނެއެވެ.

 02-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 03-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 04-  ލައިސަންސްގެ ކޮޕީ.

 05-  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

 2018 އޮކްޓޯބްރ 14 ވާ (އާދީއްތަ) ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

               

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.               

03 އޮކްޓޫބަރު 2018
ހޯދާ