އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު (IUL)/32-HRD/1/2018/58 އިޢުލާނު މެދުވެރިކޮށް، ލޯ ޖަރނަލްއަށް ކަރުދާސް ހުށަހެޅުމަށް ހުޅުވާލުމާބެހޭ

މި އިޢުލާންވަނީ 03 އޮކްޓޫބަރު 2018 13:34 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: IUL)32-HRD/1/2018/61

 

އިޢުލާން

 

މި އޮފީހުގެ ނަންބަރު (IUL)/32-HRD/1/2018/58 އިޢުލާނު މެދުވެރިކޮށް، ލޯ ޖަރނަލްއަށް ކަރުދާސް ހުށަހެޅުމަށް ހުޅުވާލުމާބެހޭ

ސަބްމިޝަން ރިކުއަރމަންްޓްސް ޢާންމުކުރުން

 

ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއާބެހޭ މަޢުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ޤާނޫނީ ލިޓްރޭޗަރ ކުރިއެރުވުމުގެ މަޤްޞަދުގައި، އާންމުންނަށް ހުޅުވާލައިގެން، އެޓަރނީ ޖެނެެރަލްގެ އޮފީހުން ޝާއިޢުކުރުމަށް ނިންމާފައިވާ "ލޯ ޖަރނަލް" ގެ ފުރަތަމަ އިސްދާރުގައި ހިމެނުމަށްޓަކައި، ލިޔުން/ކަރުދާސް/ދިރާސާ ހުށަހެޅުމުގެ ފުރުޞަތު 25 ސެޕްޓެންބަރު 2018 ވީ އަންގާރަ ދުވަހުން ފެށިގެން 14 އޮކްޓޫބަރު 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

 

އެގޮތުން، ލޯ ޖަރނަލްގައި ޝާއިޢުކުރުމަށްޓަކައި ލިޔުންތެރިން ހުށަހަޅުއްވާ ލިޔުންތަކާގުޅޭ ސަބްމިޝަން ރިކުއަރމަންޓްސް އެޑިޓޯރިއަލް ބޯޑުން ވަނީ އެކުލަވައިލާފައެވެ.

 

ވީމާ، ލިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މި ސަބްމިޝަން ރިކުއަރމަންޓް ޢާންމުކޮށް އިޢުލާނުކޮށް، ޖަރނަލްގައި ހިމެނުމަށްޓަަކައި ލިޔުން ހުށަހަޅުއްވާއިރު، މި ސަބްމިޝަން ރިކުއަރމަންޓްސް ފުރިހަމަކުރެވިފައިވޭތޯ ޔަޤީންކުރައްވައި، އެކަމަށް ސަމާލުވެވަޑައިގަތުމަށް ލިޔުންތެރިންނަށް ދެންނެވީމެވެ. 

 

 

Regarding announcement number (IUL)/32-HRD/1/2018/58, Call for Papers for Law Journal

Submission Requirements

In order to improve the legal literature in Maldives, and disseminate information about different aspects of Maldivian legal system, on 25th September 2015, a Call for Papers was issued to submit papers/articles/research for the Law Journal to be launched by Attorney General’s Office of Maldives.

In that regard, the Editorial Board of the Law Journal, has formulated Submission Requirements in respect of the papers/articles/research to be published in the Law Journal.

All authors are advised to ensure adherence to the Submission Requirements communicated via this announcement.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010126 ނުވަތަ 3010179 ފޯނާ ގުޅުއްވުން އެދެމެވެ.

 

23 މުޙައްރަމް 1440

 

03 އޮކްޓޫބަރު 2018
ހޯދާ