ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2018/42)
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ނ.ވެލިދޫ މަސްމާރުކޭޓް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2018 އޮކްޓޯބަރ 4 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި  | 
| 
 އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން  | 
 2018 އޮކްޓޯބަރ 9 ވާ އަންގާރަ ދުވަހުގެ 10:00 ގައި  | 
މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
| 
 މާކްސްދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 80%  | 
  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
| 
 މުއްދަތު  | 
 10%  | 
  | 
 (Benchmark Delivery Period / Submitted Delivery Period) x Allocated Percentage  | 
22 މުޙައްރަމް 1440
2 އޮކްޓޯބަރ 2018
