މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހައިކޯ މެގްނެޓިކް ކާރޑް
ނަންބަރު:91/IUL)202-A/1/2018)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
- ހައިކޯ މެގްނެޓިކް ސްޓްރިޕް ކާޑް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 11:15 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 11:15 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
23 މުޙައްރަމް 1440
03 އޮކްޓޫބަރު 2018
ހޯދާ
