ދިވެހިރާއްޖެ
ނަންބަރު: 90/IUL)202-A/1/2018)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މާލެ ބަނދަރު ސަރަހައްދުގެ 11 (އެގާރަ) ތަނެއްގައި 2 މޭލު ދުރަށް އަލިފޮނުވާ ފަރުބައްތިއާއި ނިޝާން އަމިއްލަތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޯބަރ 09 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 15 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
23 މުޙައްރަމް 1440
3 އޮކްޓޯބަރ 2018
