ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ފަރުދާ ހޯދައި ހަރުކުރުން

 1. މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ފަރުދާ ހޯދައި ހަރުކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 އޮކްޓޯބަރ 03 އިން 2018 އޮކްޓޯބަރ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:40 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮކްޓޯބަރ 11 ވާ ބުރާސްފަތި ދުވަހުގެ 12:40 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 އޮކްޓޯބަރ 14 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 6. ބިޑް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

9. މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ފަރުދާ ހޯދައި ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތެއް ހޯދުމަށް އެދި މިމަރުކަޒުން ކުރި ނަމްބަރު: GS08/2018/43 އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

03 އޮކްޓޫބަރު 2018
ހޯދާ