ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: GS-176/IUL/2018/B/01
01 އަހަރު ދުވަހަށް ބުރުނީ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން ފެށިގެން، ޖެހިގެން އަންނަދުވަހުގެ ރަސްމީ ގަޑި ފެށެންދެން އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ސްކޫލްގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލްގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެވާހަކަ މިފުރުސަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ. މަޢުލޫމާތު ސާފުކުރުން 09 އޮކްޓޯބާރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ.
އަންދާސީހިސާބު ހުށަހެޅުން 16 އޮކްޓޯބާރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލްގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޮކްޓޯބާރ 2018