ދިވެހިރާއްޖެ
ގދ.ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް " މަސްޖިދުލް އަމީން " އަށް މަސައްކަތް މީހުން (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް : މަސައްކަތު (ވަގުތީ / ވޭޖް އުޞޫލުން)
ބޭނުންވާ އަދަދު: 04 (ހަތަރެއް)
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މަސްޖިދުލް އަމީން (ގދ.ގައްދޫ)
އުޖޫރަ:
މަސައްކަތް ކުރާ ގަޑިއަކަށް ގަޑިއަކު /-45 ރުފިޔާ (ސާޅީސް ފަސް ރުފިޔާ) / ދުވާލަކު ފަސް ގަޑިއިރު
ޝަރުތު:
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތާއި މިސްކިތުގެ އިސްކުރުބައި ފޮޅުމާއި، ދޮވެ ސާފުކުރުން
- ކޮންމެ ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ކުރިން މިސްކިތް ފޮޅާ ތަޅުމުގައި މޮޕްލުން.
- މިސްކިތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކުރުމާއި، ދޮރާއި ދޮރުފަތް އަދި ފެންލައިޓްތަކައި ފަންކާތައް ފޮހެ ސާފުކުރުން.
ވަޒީފާއަށް ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމީ ސެޓްފިކެޓްތަކާއި، ލިބިފައިވާ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ
- އައިޑީކާޑް ކޮޕީ
- ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާއަދާކުރި ތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އާދީއްތަދުވަހު މެންދުރު 12:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއާށް ސީޓީ ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވޭނެއެވެ. މަސައްކަތަށް
މުވައްޒަފުން ނެރޭނީ މިސްކިތް ހުޅުވުމުންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 A 1439
02 އޮކްޓޯބަރ 2018