ދިވެހިރާއްޖެ
އިޢްލާން
މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: 15/(IUL)E-380/2018 (08 އޯގަސްޓް 2018) އިޢްލާންއާގުޅިގެން ހުށަހެޅިފައިވާ އަންދާސީ
ހިސާބުތައް ފުރިހަމަ ނުވާތީ، އެއިޢްލާން ބާޠިލް ކުރުމަށްފަހު އަލުން ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް
އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި މަޢުލޫމާތު ދިނުން
1. މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2018 އޮކްޓޯބަރ 09 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.
2. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2018 އޮކްޓޯބަރ 14 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު
މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް |
80% |
ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ކަމާ ގުޅުންހުރި ލިޔުން ތަކަކަށްވުމާއި، އަދި ލިޔުން ދޫކުރާފަރާތުން ތައްގަނޑު ޖަހާފައިވާ ލިޔުމަކަށް ވާންޖެހޭނެއެވެ.) |
20% |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ
ރ. އަންދާސީ ހިސާބު
ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ
އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
21 މުޙައްރަމް 1440
01 އޮކްޓޯބަރ 2018