ދިވެހިރާއްޖެ
ސާރކިއުލާރ
ބޭންކް މެދުވެރިކޮށް ފައިސާ ޖަމާ ކުރައްވާ ފަރާތްތަކަށް
މިކުންފުނިން ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ފެސިލިޓީ/ލޯނުތަކާއި، މިކުންފުނިން މެނޭޖް ކުރުމުންދާ ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ބޭންކްގެ އެއްވެސް ޚިދުމަތެއް މެދުވެރިކޮށް ފައިސާ ދައްކަމުން ގެންދަވާ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ އަކީ ކޮންފަރާތަކުން ޖަމާކޮށްފައިވާ ފައިސާއެއްކަން ވަކި ނުވާގޮތަށް ވަނީ މިކުންފުނީގެ އެކައުންޓަށް ޖަމާ ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ. ވީމާ މިފަރާތްތަކުގެ ފެސިލިޓީ/ލޯނު އެކައުންޓްތަކަށް އެފައިސާ ކްރެޑިޓް ކުރެވޭނީ މިއީ ކޮންބައެއް ކަން ފާހަގަ ކުރެވިގެން ކަމުގައި ވާތީވެ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިކުންފުނީގެ ނަންބަރ: 3000125/3000101/3000133 އަށް ގުޅުއްވައިގެން ފައިސާ ޖަމާކުރެވިފައިވާ ކަމުގެ ޔަޤީންކަން ނުލިބިވާ ފަރާތްތަކުން، އެފަރާތެއްގެ ފެސިލިޓީ/ލޯނު އަކުއުންޓަށް ފައިސާ ޖަމާ ކުރެވިފައިވޭތޯ ކަށަވަރު ކުރެއްވުމަށް ދެންނެވީމެވެ.
އަދި ކުރިޔަށް އޮތްތާގައި މިކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފައިސާ ޖަމާ ކުރެއްވުމުށްފަހު އެފައިސާ ޖަމާކުރައްވާ ފަރާތުގެ ފެސިލިޓީ/ލޯނު ނަންބަރ ނުވަތު އައިޑެންޓިޓީ ކާޑު ނަންބަރު އިނގޭނޭފަދަ ގޮތަށް ލިޔުއްވުމަށްފަހު މިކުންފުންޏަށް ފޮނުއްވުމަށް ދެންނެވީމެވެ.
01 އޮކްޓޯބަރ 2018
