ދިވެހިރާއްޖެ
އިންޑިޔާގެ ޗާރޫ ކާސަލް ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން އިންޑިޔާގެ ޤާޒީ އާބާދުގައި، 2019 ޖެނުއަރީ 03 ން 07 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ މުބާރާތް އަދި ކާނިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.
އެގޮތުން މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި ކެއުން ޗާރޫ ކާސަލް ފައުންޑޭޝަންގެ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތްތަކުންނެވެ. ގްރޫޕެއްގައި ބައިވެރިވެވޭނީ މަދުވެގެން 8 އަދި ގިނަ ވެގެން 14 އަންހެން ބޭފުޅުންނަށެވެ. އަދި މިބޭފުޅުންނާއެކު އެސްކޯޓް ކުރެވޭނީ 3 ނުވަތަ 4 އަންހެން / ފިރިހެން ބޭފުޅުންނަށެވެ.
ވީމާ، މިމުބާރާތް އަދި ކާނިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 25 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިސެންޓަރަށް އެކަން އަންގަވައިދެއްވުން އެދެމެވެ. މިމުބާރާތް އަދި ކާނިވަލްއާއި ގުޅޭ އިތުރު މަޢުލޫމާތާއި، ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސެންޓަރުގެ ނަންބަރު 3344667 ފޯނަށް ގުޅުން އެދެމެވެ.