ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2018/ 45
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނޭޝަނަސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރިއަށްގެންދާ ރަށްތަކުގައި ފެން ބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ފަރެސްމާތޮޑާގައި ފެންހިއްކުމަށް ބޭނުންވާ އާލާތްތައް ބޭނުންކުރުމާއި ބެލެހެއްޓުމަށް ފެންހިއްކާ ޕަމްޕް ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2018 ވާ އަންގާރަަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާގައި ޕަމްޕު ހައުސްއެއް ގާއިމްކުރުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މުޙައްރަމްް 1440
30 ސެޕްޓެމްބަ ރ 2018