ދިވެހިރާއްޖެ
މިހާރު ޢަމަލު ކުރަމުންދާ ޢިމާރާތް ޑިޒައިންކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލުތަކަށް ބަދަލުގެނެސް، އަލުން ރަޖިސްޓަރީ ކުރުމަށް މި މިނިސްޓްރީން ނިންމައިފީމެވެ. އެގޮތުން [ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކާއި ޗެކުކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލު] މި ނަމުގައި އައު އުސޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ.
އަލަށް އެކުލަވާލެވުނު އުސޫލާ އެއްގޮތަށް ރަޖިސްޓަރީ ކުރުމަށް އެޕްލިކޭޝަން ފޯމު ބަލައިގަންނަން ފަށާނީ 2014 ޖަނަވަރީ 5 ވަނަ ދުވަހުން ފެށިގެންނެވެ. ޢިމާރާތް ޑިޒައިންކުރާ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ހުއްދައަށް ޢަމަލު ކުރާނީ 2014 ފެބުރުވަރީ 5ގެ ނިޔަލަށެވެ. އެހެންކަމުން 2014 ފެބުރުވަރީ 6 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާނީ އަލަށް އެކުލަވާލެވުނު ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކާއި ޗެކްކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލަށެވެ.
އަލަށް އެކުލަވާލެވުނު ޢިމާރާތުގެ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތަކާއި ޗެކްކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލާއި އަދި ގުޅޭ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
08 ޞަފަރު 1435