ދިވެހިރާއްޖެ
މިމަދްރަސާއިން 2ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާން ނަންބަރ (IUL)GS51-dpt-101/INDIV/2018/29 (04 ސެޕްޓެމްބަރ 2018) އިއުލާނާއި ގުޅޭގޮތުން ދެވުނު މައުލޫމާތުތަކަށް ބައެއް ބަދަލު ގެނެވިފައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ މިކަމާއި ގުޅިގެން ކުރެވޭ 5 ވަނަ އިއުލާނެވެ.
މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް 1 އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ އެޕާރޓްމަންޓެއް ކުއްޔަށް ދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.