ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯން ގަތުމާގުޅޭ

ނަންބަރު: (IUL)262/262/2018/57  

އިޢުލާން

ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯންގަތުން:

        ހދނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ 17  އެއާރކޯން ގަނެގެންގެނެސް ބަހައްޓައިދޭނެފަރާތެއް ހޯދުމަށް  މިއިދާރާއިންކުރި ނަމްބަރ 52/2018/262/262(IUL) (02 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

           ވީމާ މިދަންނަވާ ސައިޒުތަކުގެ 17 އެއަރކޯން އަމިއްލަޚަރަދުގައި ގެނެސް ކައުންސިލް އިދާރާއިން ދައްކާ ތަންތަނުގައި ބަހައްޓައިދިނުމަށް ޝަޢުޤުވެރިވާ ފަރާތެއްވާނަމަ 08 އޮކްޓޫބަރ  2018 ވާ ހޯމަ ދުވަހުގެ 10:00 ށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރ 2018 ވާ ހޯމަ ދުވަހުގެ 10:00ށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުހު ށަހެޅުއްވުމަށް ބަދަލުގައިމީހަކުފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.

މިމަސައްކަތާއި ގުޅިގެން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭ އުޞޫލަކީ :

  1. ހުށަހަޅުއްވާ އެންމެކުޑަ އަގަކަށް %80
  2. މާލީ ތަނަވަސްކަމަށް       
  3. ތަޖުރިބާއަށް            

ބޭނުންވާ އެއަރކޯނާއިބެހޭ މަޢުލޫމާތު:

05 އެއަރކޯން  9000 BTU ހިޓާޗީ ( އިންވާޓާރ)

07 އެއަރކޯން 24000 BTU ހިޓާޗީ ( އިންވާޓާރ)

02 އެއަރކޯން 12000 BTU ހިޓާޗީ ( އިންވާޓާރ)

03 އެއަރކޯން 18000 BTU ހިޓާޗީ ( އިންވާޓާރ)

            މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ފިޔަފާރި ހުއްދައޮތް ފަރާތަކަށް ވާންވާނެއެވެ.

                  މިހެންވެ މިކަން އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

                          20  މުޙައްރަމް  1440

                       30 ސެޕްޓެމްބަރ 2018                                  

30 ސެޕްޓެންބަރު 2018
ހޯދާ