ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

           

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހޯދުމަށް ބޭނުންވާ މަސައްކަތުގެ ތަފްޞީލް މިދަންނަވަނީއެވެ.

 

ކުރަންޖެހޭ މަސައްކަތް:

 

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ 2 ވަނަފުލޯގެ ވެއިޓިން އޭރިޔާގެ ފަހަތު ބައިން މުވައްޒަފުން ތިބޭނެ ތަނެއް ހެދުމާއި، 2 ވަނަ ފުލޯގައި ޤާޟީގެ ކޮޓަރި ކޮޅަކާއި ޝަރީއަތުގެ މާލަމަކާއި އެޤާޟީންގެ މުވައްޒަފުން ތިބޭނެ ތަނެއް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައިސް އާބާތުރަ ފިލުވާ އެތާނގެ ސީލިން އާއި ކަރަންޓު ވައިރިންގ އަލުން އެޅުމާއި އަދި B5-CR4 ސެކްޝަންގެ މުވައްޒަފުން ތިބޭ ބަޔާއި B5-CR2 ސެކްޝަންގެ ޝަރީއަތްކުރާ ކޮޓަރިއާއި މުވައްޒަފުންތިބޭ ބަޔަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް.

ވީމާ މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 03 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 13:00އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  17  މުޙައްރަމް 1440

                  27 ސެޕްޓެމްބަރ 2018

27 ސެޕްޓެންބަރު 2018
ހޯދާ