ދިވެހިރާއްޖެ
|
ނަމްބަރ: IUL)321/321/2018/101
އިޢުލާން
ރާއްޖޭގެ އެކިއެކި އަތޮޅުތަކުން ލިޔެލާޖެހުމުގެ 01 މަސްދުވަހުގެ ތަމްރީން ކޯސްތައް ހިންގައި ދިނުމަށް މިކައުންސިލްގައި އެދިލައްވާ ރަށްރަށުގައި ކިޔަވައި ދެއްވާނެ އިންސްޓްރަކްޓަރަކް ހޯދަން ބޭނުންވެއްޖެއެވެ. މިކޯހުގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުގެ ކިބައިގާ މިދަންނަވާ ޝަރްޠުތައް ފުރިހަމަވާންޖެހެއެވެ.
- ޢުމުރުން 18 އަހަރާ 60 އަހަރާއި ދެމެދުގެ ބޭފުޅަކު ކަމުގައި ވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހަކު ކަމުގައިވުން
އިންސްޓްރަކްޓަރަކް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު:
އަތްތެރިމަސައްކަތުގެ މަޢުރަޒުގައި ބައިވެރިވެ ލިޔެލާޖެހުމާ، ލާފެންކުރުމުގެދާއިރާއިން:
1 ވަނަ ލިބިފައިވާ ނަމަ: 2.5 ޕޮއިންޓް
2 ވަނަ ލިބިފައިވާ ނަމަ: 1.5 ޕޮއިންޓް
3 ވަނަ ލިބިފައިވާ ނަމަ: 1 ޕޮއިންޓް
މަސައްކަތުގެ ތަޖްރިބާ:
ލިޔެލާޖެހުމުގެ މަސައްކަތުގައި 10 އަހަރަށްވުރެ ގިނަ މުއްދަތުގެ ތަޖުރިބާ 10 ޕޮއިންޓް
ލިޔެލާޖެހުމުގެ މަސައްކަތުގައި 8 - 10 އަހަރާ ދެމެދުގެ ތަޖުރިބާ 8 ޕޮއިންޓް
ލިޔެލާޖެހުމުގެ މަސައްކަތުގައި 6 - 8 އަހަރު ތަޖުރިބާ 6 ޕޮއިންޓް
ލިޔެލާޖެހުމުގެ މަސައްކަތުގައި 6 އަހަރަށްވުރެ ދަށް ތަޖުރިބާ 4 ޕޮއިންޓް
ހުށަހަޅާ އަގު ( އެންމެކުޑަ އަގު ބެންޗް މާކެއް ކަމުގައި ބެލުމަށް ) 35 ޕޮއިންޓް
ލިޔެލާޖެހުމާ، ލާފެންކުރުމުގެމަސައްކަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދީފައިވާނަމަ:
01 ހަފްތާއާއި 04 ހަފްތާއާއި ދެމެދު 12 ޕޮއިންޓް
4 ހަފްތާއިން މަތި 20 ޕޮއިންޓް
ވީމާ، .35،000.00 (ތިރީސްފަސްހާސް ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަގަކަށް މިކަން ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 08 އޮކްޓޯބަރ 2018 ވާ ހޯމަދުވަހުގެ 14:00 ކުރިން، ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
- ސިޓީއާއިއެކު ހިމަނަންޖެހޭ މަޢުލޫމާތު:-
- އަތްތެރި މަސައްކަތުގެ މަޢުރަޒުގައި ބައިވެރިވެ ލިޔެލާޖެހުމާ، ލާފެންކުރުމުގެ ދާއިރާއިން ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއް.
- ލިޔެލާޖެހުމާ، ލާފެންކުރުމުގެ މަސައްކަތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދީފައިވާނަމަ އެފަދަފަރާތެއްގެ ލިޔުމެއް
- ލިޔެލާޖެހުމުގެ މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭ ރަސްމީ ފަރާތެއްގެ ލިޔުން
- މުއްދަތު ހަމަނުވާ، އައި.ޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ހުށަހަޅުއްވާ އަގު
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 މުޙައްރަމް 1440
27 ސެޕްޓެމްބަރ 2018