ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ބަނދަރުހިޔާއާއި ބަނދަރު ހިޔާގެ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

                                             އިޢުލާން

                                                                     ނަންބަރު: (IUL)412/412/2018/18

ބަނދަރުހިޔާ އިމާރާތްކުރުމާއި، ބަނދަރު ހިޔާގެ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް:

     ކޮނޑޭ ބަނދަރު ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ބަނދަރު ހިޔާ އިމާރާތްކޮށް ބަނދަރު ހިޔާގެ އިންފާރު ރޭނުމުގެ މަސައްކަތް މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 11 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.

މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

                        17   މުޙައްރަމް   1440

                          27 ސެޕްޓެމްބަރ 2018

27 ސެޕްޓެންބަރު 2018
ހޯދާ