ދިވެހިރާއްޖެ
ޗައިނާ ސަރުކާރުގެ އެހީ ލިބިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގުމަށް ހަމަޖެހިފައިވާ " ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ "ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް" ކޮމްޕޯނަންޓްގެ ދަށުން، ރާއްޖޭގައި ހައްދާ މޭވާއިން ތަފާތު ތައްޔާރީ ބާވަތްތައް (ވެލިއު އެޑެޑް ޕްރޮޑަކްޓްސް) އުފެއްދުމުގެ މަޝްރޫޢުއަށް ޕްރޮޕޯސަލް ހުށަހެޅުމަށް 01 އޮގަސްޓް 2018 ގައި މިމިނިސްޓްރީއިން ކުރި އިޢުލާން (ނަންބަރ:(IUL)30-E1/30/2018/104 ) ބާތިލް ކޮށް، ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަލުން އިޢުލާން ކުރަމެވެ. ކުރީގައި ކުރެވުނު އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން ސިޓީއަކުން ނުވަތަ އީ-މެއިލް އަކުން ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަފަރާތް، ޖަމުޢިއްޔާ ޖަމާޢަތް، ކޯޕަރޭޓިވްސް، ކުންފުނި އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް (އެސް.އެމް.އީ) ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްސަދަކީ ރާއްޖޭގެ ރަށްރަށުގައި ހައްދާ މޭވާ މާކެޓް ނުކުރެވި ހަލާކުވެދިޔަ ނުދިނުމަށްޓަކައި ތައްޔާރީ ބާވަތްތައް އުފައްދާ އަދި އާމްދަނީ ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ އަމިއްލަފަރާތް، ޖަމުޢިއްޔާ ޖަމާޢަތް، ކޯޕަރޭޓިވްސް، ކުންފުނި އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުން މި މަޝްރޫޢު ހިންގުމަށް ޕްރޮޕޯސަލް ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް www.fishagri.gov.mv އިން މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 7 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި ހުށަހަޅުއްވާނީ، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީއިން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ވެލާނާގެ ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ
ފޯން: 3322625 (960) ފެކްސް: 3326558 (960)
އީމެއިލް: [email protected]