އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 ނަންބަރު: TENDER/AS/2018/006


މި ކުންފުންޏަށް އެކައުންޓިންގ ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި TENDER/AS/2018/002 އިޢުލާނަށް އެދެވޭ ވަރަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އެކަމަށް އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮކްޓޯބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޮކްޓޯބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 03 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މީޓިންގ ރޫމަށެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

25 ސެޕްޓެމްބަރ 2018

 

އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ، އަމީނީ މަގު، ދިވެހިރާއްޖެ

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]  ވެބްސައިޓް: www.aasandha.mv ފޯން:3011418   ފެކްސް: 3013636 

25 ސެޕްޓެންބަރު 2018
ހޯދާ