މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ރައްޔިތުންގެ އަސާސީ/ޒަރޫރީ ބޭނުންތަކަށް ވެލި ދޫކުރުމުގެ ފުރަތަމަ ފިޔަވަހި

ނަމްބަރ : IUL)306/306/2018/34)

އިޢުލާން

 

 

ރަސްމާދޫ ރައްޔިތުންގެ އަސާސީ/ޒަރޫރީ ބޭނުންތަކަށް ވެލި ދޫކުރުމުގެ ފުރަތަމަ ފިޔަވަހި

      ރަސްމާދޫ ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް ވެލި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިކައުންސިލުން ރަސްމާދޫގެ ކޮންމެ ގެއަކަށް 200 ގޯނި ވެލި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ވެލި ދޫކުރެވޭނީ ގެދޮރު އިމާރާތްކުރުން ފަދަ ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށެވެ. އަދި އެއްވެސް ގޮތަކުން ވިޔަފާރި އުޞޫލުން ވެލި ބޭނުންކުރާގޮތަށް މި ވެލި ދޫކުރަން ހަމަޖެހިފައިނުވެއެވެ. މި އިއުލާނާއެކު ވެލި ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލު އާއްމުކުރަމެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ވެލި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 2018 ސެޕްޓެމްބަރ 25 އިން ފެށިގެން 2018 ޑިސެމްބަރ 25 ގެ ނިޔަލަށެވެ.

     ވީމާ، ވެލި ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވައިގެން ޚިދުމަތް ހޯއްދެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. މިކަމަށް ބޭނުންވާ ފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 ށް މިކައުންސިލުން ލިބޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

އަދި މި ޚިދުމަތަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 08:00 ން 1:30 އަށްކަމުގައި ދަންނަވެމެވެ. މި ޚިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ޚިދުމަތް ލިބިގަތުމަށް އެދޭ ތާރީހުގެ (ވެލި ގެންދަން ބޭނުންވާ ތާރީހުގެ) 03 ދުވަސް ކުރިން (ރަސްމީ 03 ދުވަސް ކުރިން) ފޯމް ހުށަހެޅުއްވުމަށްވެސް މި ފުރުޞަތުގައި އަންގައި އިއުލާންކުރަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިއިދާރާގެ ނަންބަރު: 6580049 އާ ގުޅުއްވުންއެދެމެވެ. އަދި މިއިއުލާނާއެކު ކައުންސިލުން އެކުލަވާލާފައިވާ "ރަސްމާދޫ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ދޫކުރުމުގެ އުޞޫލު" އާއްމުކޮށް އިއުލާންކުރަމެވެ.

     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

25 ސެޕްޓެންބަރު 2018
ހޯދާ