އިޢުލާން
|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު:
|
I6C/2018/1
|
ތާރީޚް:
|
25 ސެޕްޓެންބަރު 2018
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
ރޭންކް: ޖީ.އެސް 3
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭތަން:
|
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ:
|
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
މިމަޤާމަށްލިބޭ އެލަވަންސް:
|
- ސަރވިސް އެލަވަންސް: -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)،
- ލިވިންގ އެލަވަންސް: /-2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)،
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 އަދި
- ކަނޑައެޅިފައިވަ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
އަސާސީ ޝަރުތު:
|
- މަޤާމްގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑުމަސްއޫލިއްޔަތު:
|
- ޝަރީޢަތުގެމަޖިލީސް ބެލެހެއްޓުމާއި، ޝަރީޢަތާގުޅޭ އެންމެހާ އިންތިޒާމްތަށް ބަލަހައްޓައި، ޝަރީޢަތްތަކާގުޅިގެން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްކުރުން.
- ކޯޓަށް ހުށަހެޅޭ ކައިވެނިތަކާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުސާރަޝީޓް ތައްޔާރުކުރުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ މަސައްކަތްތައް ކުރުމާއި، ފައިސާއާބެހޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްކޮށް ރިޕޯޓްތައް ހެދުން.
- ކޯޓުގެ ސްޓޮކާއި، އިންވެންޓްރީ ބެލެހެއްޓުމާއި، ހަމަޖެހިފައިވާ ޢުޞޫލުން ކޯޓު ހުޅުވައި ލެއްޕުން.
- އެންޓްރީ ކުރުމާއި، ޔައުމިއްޔާ ލިޔުމާއި، މުވައްޒަފުންނާއި ވެރިންގެ ޙާޞިރީއާއި ޗުއްޓީއާ ގުޅޭ ރެކޯޑުތައް ބަލަހައްޓައި، ވަޒީފާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އަދި މީގެ އިތުރުންވެސް ޤާނޫނާއި، ޤަވާއިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާއިދުން ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް،
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ (އަޞްލާއެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީވަކީލެއްގެއޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި:
|
1 އޮކްޓޫބަރު 2018 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭފޯމު އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުން، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6680029
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް.
|
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއް ދެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- މައިކްރޯސްފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|