ދިވެހިރާއްޖެ
އިޢުލާނު
| 
 މަޤާމް:  | 
 ލައިބްރޭރިއަން  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-258904  | 
|||||||||||||||||||||||||||||||||
| 
 ބޭނުންވާ އަދަދު:  | 
 01 ( އެކެއް )  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ ރޭންކް:  | 
 އެމް.އެސް 2  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
|||||||||||||||||||||||||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މުޙްޔިއްދީން ސްކޫލް / މާލެ، ދިވެހިރާއްޖެ  | 
|||||||||||||||||||||||||||||||||
| 
 މުސާރަ:  | 
 -/6295 ރ  | 
|||||||||||||||||||||||||||||||||
| 
 ސަރވިސް އެލެވަންސް:  | 
 -/2000 ރ  | 
|||||||||||||||||||||||||||||||||
| 
 ކޯ އެލަވަންސް -2 :  | 
 -/900 ރ  | 
|||||||||||||||||||||||||||||||||
| 
 އެހެނިހެން އެލަވަންސް:  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 ސީދާ ދަރިވަރުންނާ ގުޅުންހުރި މަސައްކަތް 1. ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެމަތިން ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔާރުކުރުން 2. ލައިބްރަރީ ގަޑީގައި ޓިޗަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް ދޭންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން 3. ލައިބްރަރީ ގަޑި ނިމުމުން ދަރިވަރުން ބޭނުންކުރި ފޮތްތައް ތަރުތީބުކޮށް ފޮތް ހަރުތަކުގައި އެތުރުން 4. ލައިބްރަރީގެ ގަވައިދުތަކާއި އުސޫލުތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން. 5. ލައިބްރަރީން ޤަވައިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމް ހަމަޖެއްސުން. 6. ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމަށް ޕްރޮގްރާމްތައް ހިންގުން. 7. ލައިބުރަރީއަށް އަލަށް ގެނެވޭ ފޮތްތަކުގެ މައުލޫމާތު ވީ އެންމެ އަވަސް ފުރުސަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން. 8. ލައިބްރަރީގެ ޤަވާޢިދު ތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން މަޤާމުގެ މަސްއޫލިއްޔަތުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތް 1. ލައިބްރަރީގެ ފޮތްތަކުގެ ސްޓޮކް ތަފްޞީލްކޮށް ބެލެހެއްޓުން 2. ލައިބްރަރީގެ ފޮތްތަކާއި ލައިބްރަރީގައި ހުންނަ އެހެނިހެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން 3. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތަކުގެ ތަފްސީލު ބެލެހެއްޓުން 4. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ރައްދުކުރާކަން ކަށަވަރުކުރުން 5. ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ރައްދުނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުން 6. ލައިބުރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފްސީލު ހަވާލުވެ ހުންނަ ސުޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން. 7. ލައިބްރަރީއަށް އާފޮތް ހޯދުމަށްޓަކައި ދަރިވަންނާއި ޓީޗަރުން ކިބައިން މައުލޫމާތު ހޯދައި އެ މަޢުލޫމާތު ސުޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން. 8. ލައިބްރަރީ އަށް ހޯދާ އާ ފޮތްތަކުގައި ސެލޯފިންލައި، ތައްގަނޑުޖަހައި، ބޭނުންކުރުމަށް ފޮތްތައް ތައްޔާރުކުރުން. 9. ލައިބުރަރީން ޤަވާޢިދުން ޓީޗަރުންނަށް ފޮތް ނެގޭނެ އިންތިޒާމް ހަމަޖެއްސުން. 10. ލައިބްރަރީގެ ގަވައިދުތަކާއި އުސޫލުތައް ޓީޗަރުންނަށް އޮޅުންފިލުވައިދީ ދޭތެރެ ދޭތެރެއިން ހަދާން އާކޮށްދިނުން 11. އެކުގައި މަސައްކަތްކުރާ ލައިބްރަރީ މުވައްޒަފުންގެ އެހީތެރިކަމާއެކު ލައިބްރަރީގެ އަހަރީ ރިޕޯޓު އަހަރު ނިމުމުން ހަވާލުވެހުންނަ ސުޕަވައިޒަރަށް ހުށައެޅުން. އިތުރު ހަރަކާތައް 1. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުން. އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދިނުން. 2. ސްކޫލުން ބާއްވާ ސްޓާފް މީޓިން ތަކާއި ސެޝަން މީޓިން، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް ބައިވެރިވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. އެހެނިހެން ކަންތައްތައް 1. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުކަމާއެކު، އަމިއްލައަށް އިސްނަގައިގެން ޝައުޤުވެރިކަމާއެކު ކުރުން. 2. ގަޑިއަށް ފަރުވާތެރިވެ، ހާޒިރުވުމަށް އެންގޭ ކަންތައްތަކަށް ހާޒިރުވެ، ހާޒިރު ނުވެވޭނަމަ ހަވާލުވެ ހުންނަ ސުޕަރވައިޒަރަށް ގަޑިޖެހުމުގެ 10 މިނެޓު ކުރިން ސަބަބާއެކު އެންގުން. 3. ސެޝަން ގަޑީގައި ސްކޫލުން ބޭރަށް ދާނަމަ، ސެޝަން އިންޗާޖުގެ ހުއްދައާއެކު ބޭރަށްދާއިރު ނޯޓުކުރާ ފޮތުގައި ނޯޓުކުރުމަށް ފަހު ދިއުން އަދި އެނބުރި އައިސް އައި ގަޑި ނޯޓުކުރުން. 4. މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުމަށް މަސައްކަތްކުރުން. 5. ސްކޫލުގެ ސެޝަނަށް ޚާޟިރުވާން ޖެހޭ ގަޑިއަށް ސްކޫލަށް ހާޒިރުވެ ސޮއިކުރުން. އެއްވެސް ސަބަބަކާހުރެ ސްކޫލަށް ހާޒިރުނުވެވޭނަމަ ޕްރިންސިޕަލަށް ނުވަތަ ސެޝަން އިންޗާޖަށާއި އޮފީހަށް ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެންގުން. 6. މީގެ އިތުރުން ވަޒީފާގެ ބާވަތުން، މުވައްޒަފެއްގެ ހައިސިއްޔަތުން ކުރުމަށް ސުކޫލުގެ ވެރިން އަންގަވާ ކަންތައްތައް ކުރުން.  | 
|||||||||||||||||||||||||||||||||
| 
 ދާއިރާ:  | 
 ލައިބްރަރީ ސައިންސް  | 
|||||||||||||||||||||||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތު ފުރިހަމަވުން. 
 ނުވަތަ، 
 ތައުލީމީ ރޮނގުތައް: 
  | 
|||||||||||||||||||||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
|||||||||||||||||||||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 
 
 
 
 
 
 
 
 
 
 
 
  | 
 
 
 
  | 
|||||||||||||||||||||||||||||||||
| 
 މަޤާމަށްއެދެންވީގޮތާއިސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮކްޓޯބަރ 2018 ގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
|||||||||||||||||||||||||||||||||
| 
 އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު: 
  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 އޮކްޓޯބަރ 2018 އާއި 09 އޮކްޓޯބަރ 2018 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.  | 
|||||||||||||||||||||||||||||||||
| 
 ޝޯޓް ލިސްޓްކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.  | 
|||||||||||||||||||||||||||||||||
15 މުޙައްރަމް 1440
