ދިވެހިރާއްޖެ
ނަންބަރު:IUL)32-HRD/1/2018/58
އިޢުލާން
ލޯ ޖަރނަލްއަށް ކަރުދާސް ހުށަހެޅުމަށް ހުޅުވާލުން
ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއާބެހޭ މަޢުލޫމާތު ތަނަވަސްކުރުމުގެ ބޭނުމުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން "ލޯ ޖަރނަލް" އެއް ޢާއްމުންނަށް ހުޅުވާލައިގެން ޝާއިޢުކުރުމަށް ވަނީ ނިންމާފައެވެ. މި ޖަރނަލް ނެރުމުގެ މަޤްޞަދަކީ، މި ޖަރނަލް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި ދިރާސާކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމެވެ. އަދި، މި ޖަރނަލްގެ އަމާޒަކީ ޤާނޫނީ ދާއިރާއިން ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، ތަޢުލީމު އުނގެނޭ ދަރިވަރުންނަށް ޤާނޫނީ ލިޔެކިއުންތައް ލިބޭނެ ވަޞީލަތެއް ޤާއިމުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިޚްތިލާފު އުފެދިފައިވާ ކަންކަމުގައި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލައި، މި ދާއިރާއާ ގުޅޭ ބިނާކުރަނިވި ޤާނޫނީ ލިޔުންތައް އުފެއްދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ޖަރނަލް ޝާޢިއުކުރުމަށް ގަސްތުކޮށްފައިވަނީ އަހަރަކު ހަތަރު އިސްދާރު ހިމެނޭގޮތުން ކޮންމެ ތިން މަހަކުންނެވެ. އަދި، މި ޖަރނަލްގައި ދިވެހި އަދި އިނގިރޭސި ބަހުގެ ލިޔުންތައް ހިމެނޭނެއެވެ. މި ޖަރނަލްގައި ލިޔުންތައް ޝާއިޢުކުރެވޭނީ އެ ލިޔުމެއްގެ މުޞައްނިފުގެ ނަމާއި މަޢުލޫމާތު ހިމެނޭގޮތަށެވެ.
މި ޖަރނަލްއަށް ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި އެ އިސްދާރަކަށް ޙާއްސަކޮށްފައިވާ މައުޟޫއާ ގުޅޭ ތާރީޚީ ދިރާސާތަކާއި، ދިވެހިރާއްޖެ ޤަނޫނީ ނިޒާމު ހިމެނޭ ގޮތުން ހަދާފައިވާ ކޮމްޕެރެޓިވް ރިސަރޗްއާއި، އެ ދާއިރާއަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކުގައި ތަޠުބީޤުކުރައްވާފައިވާ ފާހަގަކޮށްލެވޭ ޤާނޫނީ އުޞޫލުތަކާއި (Judicial Precedent) އެ މައުޟޫއަކާ ގުޅޭގޮތުން ޤާނޫނީ ނިޒާމުގައި ހުރި ނުވަތަ ދިމާވެދާނެކަމަށް ފެންނަ މައްސަލަ ނުވަތަ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ހިމެނިދާނެއެވެ.
މި ޖަރނަލްގެ ފުރަތަމަ އިސްދާރު ޚާއްޞަކޮށްފައިވަނީ "ކޮމަރޝަލް ލޯ" ގެ ދާއިރާއަށެވެ.
ހުށަހެޅޭ ލިޔުންތަކުގައި ފުރިހަމަ ވާންޖެހޭ ކަންތައްތައް؛
- މަދުވެގެން 3000 (ތިން ހާސް) ބަހުގެ ލިޔުމަކަށްވުން؛
- ކަރުދާސް ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ހިމެނިފައިވުން؛
- ކަރުދާހުގެ ސުރުޚީ ހިމެނިފައިވުން؛
- މިއީ ހުށަހަޅާ ފަރާތުގެ އަސްލު / އަމިއްލަ މަސައްކަތަކަށްވުން؛
- ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމަކަށްވުން؛
- ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ މައްޗަށް ބިނާކޮށް ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހިމެނޭގޮތަށް ލިޔެފައިވާ ލިޔުމަކަށްވުން؛
މި ޖަރނަލްއަށް ހުށަހަޅާ ކަރުދާސްތަކަކީ މި ޖަރނަލްގައި ހިމަނަން އެންމެ އެކަށޭނަ ލިޔުމެއްތޯ ބަލައި، ޖަރނަލްގައި ހިމަނާނެ ލިޔުމެއްކަން ކަނޑައަޅާނީ މި ޖަރނަލްގެ އެޑިޓޯރިއަލް ޓީމުންނެވެ. އަދި، މި ޖަރނަލްގައި ހިމެނުމަށް ހުށަހަޅާ ލިޔުންތައް އެޑިޓޯރިއަލް ޓީމުން ބަލައި، އެ ލިޔުންތައް މުރާޖަޢާކުރުމަށްފަހު އަލުން ހުށަހެޅުމަށް މުސައްނިފަށް އެންގުމުގެ އިޚްތިޔާރު އެޑިޓޯރިއަލް ޓީމަށް ލިބިގެންވެއެވެ.
މުހިންމު ތާރީޚުތައް
ކަރުދާސް ހުށަހެޅުމުގެ ސުންގަޑި |
14 އޮކްޓޫބަރު 2018 ގެ ނިޔަލަށް |
ހުށަހެޅޭ ލިޔުންތައް މުރާޖަޢާކުރުމަށްފަހު އިޞްލާޙުކުރަންޖެހޭނަމަ އެކަން އެންގުން |
21 އޮކްޓޫބަރު 2018 ގެ ނިޔަލަށް |
އިޞްލާޙުކުރުމަށްފަހު އަލުން ހުށަހެޅުން |
25 އޮކްޓޫބަރު 2018 ގެ ނިޔަލަށް |
މި ޖަރނަލްގައި ހިމެނުމަށް ހުށަހަޅުއްވާ ކަރުދާސްތައް މި އިޢުލާންގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވަންވާނެއެވެ.
Call for Papers
The Attorney General’s Office invites the public to submit research papers/articles for the publication of Law Journal of the Maldives. The authors may submit papers based on historical research or the comparative research work of other countries and the Maldives. You may also submit articles to incite critical thinking on precedents, or regarding the legal issues which may arise in the long run.
The theme for the first edition is “Commercial Law”.
The main objective of the Law Journal is to open a platform for the production of legal articles for the benefit of students of the legal field in the Maldives. We hope to incite critical legal writing and broaden research skill for purpose of education.
Key Requirements:
- The minimum word limit for each paper is 3000 (Three Thousand) words;
- The author’s information including their name (or name of the institution), contact number and email address should be mentioned on the submission;
- The paper should have a heading;
- The paper must be an original work;
- The paper must be in either Dhivehi or English Language;
- The paper must be based on, or should include component’s, of the Maldives Legal System;
Important dates
Before 14th October 2018 |
Submission Deadline |
Before 21st October 2018 |
Paper Review and call for corrections |
Before 25th October 2018 |
Re-submission after Corrections |
މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010126 ފޯނާ ގުޅުއްވުން އެދެމެވެ.
18 މުޙައްރަމް 1440
25 ސެޕްޓެންބަރު 2018