މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
30 އޮގަސްޓް 2018 ވަނަ ދުވަހު "ސިނަމާލެ ބުރިޖު" މަޝްރޫޢުގެ ނިމުން ފާހަގަކޮށް، ބުރިޖުގެ މަސައްކަތް ފެށުމާއިއެކު 3 މާރިޗު 2016 އިން ފެށިގެން މޫދަށް އެރުން މަނާ ކުރެވިފައިވާ ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދު ވަނީ އަލުން ހުޅުވާލެވިފައެވެ. އެހެންނަމަވެސް، މި ސަރަޙައްދު މޫދުގައި ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސްޓަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ހުރުމާއިއެކު މި ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށާއި، ބުރިޖު އަދި ބުރިޖާއި ގުޅިފައިމިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް އިލްތިމާސްކުރަމެވެ.
20 ސެޕްޓެންބަރު 2018
ހޯދާ