ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި ސްކޫލު ގޯތި ތެރޭގައި ގައު އެތުރުން

              މިސްކޫލު ގޯތި ތެރޭގައި ގައު އެތުރުމަށް  ބޭނުންވާތީ، އެކަމަށް ބޭނުންވާ ގައު ހޯދުމަށް ކުރެވުނު އިޢުލާނު ނަމްބަރ: (IUL)GS-02/GS-02/2018/43އާއިގުޅިގެން  މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިއުލާން ބާތިލްކޮށް، އަލުން އެކަމަށް އެދި އިޢުލާނު ކުރަމެވެ. 

         ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރ 01 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

         އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

           މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528817 ނަންބަރު ފޯނަށެވެ.

20 ސެޕްޓެންބަރު 2018
ހޯދާ