މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
01 ސްޕަޑް ބާޖް (60’x30’)، 01 އެކްސްކަވޭޓަރ (ކްލާސް 350) އަދި 01 ޑަމްޕް ލޮރީ (15-10 ޓަން) ކުއްޔަށް ހިފުން

އިޢުލާން

01 ސްޕަޑް ބާޖް، 01 އެކްސްކަވޭޓަރ (ކްލާސް 350) އަދި 01 ޑަމްޕް ލޮރީ (15-10 ޓަން) ކުއްޔަށް ހިފުން

 

 މި ސަރވިސަސް އިން ށ.ފޭދޫ ގެ ބަނދަރު ކޮނުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށްހިފުމަށް ބޭނުންވެއެވެ.

  1. 01 ސްޕަޑް ބާޖް
  2. 01 އެކްސްކަވޭޓަރ (ކްލާސް 350)
  3. 01 ޑަމްޕް ލޮރީ (15-10 ޓަން)

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 20 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ. 

19 ސެޕްޓެންބަރު 2018
ހޯދާ