މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް ގުރުއުއަތު ލުން

އިޢުލާން

 

ގުރުއަތާއި ނުލައި ގޯތި ލިބޭ ފަރާތްތަކާއި ޕޮއިންޓް އެއްވަރުވުމުން ގުރުއަތު ލާންޖެހޭ ފަރާތްތަކަށް ބާއްވާ ޤުރުއަތުލުން:

 

                    ރ.އަނގޮޅިތީމުން ގޯތި ދޫކުރުމަށް ހުއްދަ ލިބިފައިވާ 14 (ސާދަ) ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދުނު 25 ފަރާތަށް، ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމިޓީން ޕޮއިންޓް ދެވުނެވެ. އަދި އެއަށްފަހު އެ ޕޮއިންޓް ދީފައިވާ ގޮތާއިމެދު ހިތްހަމަނުޖެހުމެއްވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެޝަކުވާތައް ގޯތި ކޮމެޓީން ބެލުމަށްފަހު ވަނީ ފައިނަލް ކުރެވިފައެވެ.

ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓް، ގޯތި ކޮމިޓީން ފައިނަލް ކޮށްފައިވާ ގޮތުން 71 އާއި 69 އާއި ދެމެދު ލިބިގެން 9 ފަރާތަކަށް ގުރުއަތާއި ނުލައި ގޯތި ލިބެއެވެ. އަދި ބާކީ އޮތް 05 ގޯތި ލިބޭ ވަރަށް ވުރެ އިތުރަށް ޕޮއިންޓްގެ ގޮތުން އެއްވަރުވެގެން އިތުރު 08 ފަރާތެއް ވަނީ ޤުރުއަތަށް ހޮވިފައެވެ. އެގޮތުން 66 ޕޮއިންޓް ލިބުނު 8 ފަރާތުގެ ތެރެއިން 5 ފަރާތް ހޮވުމަށް ޓަކައި ގުރުއަތުލާން ޖެހެއެވެ. ވީމާ މި އިޢްލާނުގައި، ތިރީގައިވާ ދުވަހުގެ އެ ގަޑިތަކުގައި ޤުރުއަތު ލުމާއި ގޯތި ލިބުނު ކަމުގެ ލިޔުން ޙަވާލު ކުރުން އޮންނާނެއެވެ. ގޯތި ލިބޭ 14 ފަރާތް ކަނޑައެޅުމަށްފަހު، ލިބޭ ގޯތި ތަރުތީބު ނަންބަރު ކަނޑައެޅުމަށް ޓަކައި ގުރުއަތު ލެވޭނެއެވެ. 4000 އަކަފޫޓުގެ 2 ގޯއްޗާއި 3000 އަކަފޫޓުގެ 12 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތު ލާނެ ގޮތް:

ü     1 އިން 8 އާއި ދެމެދު ތަރުތީބުން ނަންބަރު ޖަހާފައިވާ 8 ކަރުދާސްކޮޅު ބޭނުންކޮށްގެން ގޯތި ޤުރުއަތު ނަގާ ބޭފުޅުން ތަރުތީބު ކުރެވޭނެއެވެ. އަދި އެއަށްފަހު ގޯތި ދިމާވާ ފަރާތްތައް ހޮވުމަށް ޤުރުއަތު ލެވޭނެއެވެ.

ü     ގޯތި ލިބޭ ފަރާތްތައް ހޮވުމަށް ޤުރުއަތު ލާނީ އެވަގުތު އެތަނުގައި ބެހެއްޓިފައިވާ ކަރުދާސްކޮޅުތައް އަޅާފައިވާ އެތިން ކުރީގައި ނެގުނު ނަންބަރު ތަރުތީބުން އެބޭފުޅުންނަށް ކަރުދާސްކޮޅު ނެގުމަށް ފުރުސަތު ދީގެންނެވެ.

ލިބޭ ގޯތި ނަންބަރު ހޮވުމަށް ގުރުއަތު ލާނެ ގޮތް:

ü     1 އިން 14 އާއި ދެމެދު ތަރުތީބުން ނަންބަރު ޖަހާފައިވާ 14 ކަރުދާސްކޮޅު ބޭނުންކޮށްގެން ގޯތި ނަންބަރުގެ ޤުރުއަތު ނަގާ ބޭފުޅުން ތަރުތީބު ކުރެވޭނެއެވެ. އަދި އެއަށްފަހު ގޯތި ނަންބަރު ކަނޑައެޅުމަށް ޤުރުއަތު ލެވޭނެއެވެ.

ü     ގޯތީގެ ތަރުތީބު ނަންބަރު: 80،88،102،103،106،107،127،139،140،141،142،143،144،145 ޖަހާފައިވާ ގުރުއަތު ކަރުދާސްކޮޅުގެ ތެރެއިން ގުރުއަތުން ލިބޭ ގޯތި ނަންބަރަކީ އެފަރާތަކަށް ލިބުނު ގޯތި ކަމުގައި ކަނޑައެޅޭނެއެވެ.

ގުރުއަތު ލާނެ ދުވާހާއި ގަޑި:  

ގުރުއަތުލުން އޮންނާނީ 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރ.އަނގޮޅިތީމު ސްކޫލު ހޯލުގައެވެ.

މި އިޢްލާނާއިއެކު ޕޮއިންޓް ލިބިފައިވާ ގޮތް އެޓޭޗް ކޮށްފައިވާނެއެވެ. ވީމާ މިކަން އަންގާ އިޢްލާން ކުރީމެވެ.

 

09 މުޙައްރަމް    1440  

19 ސެޕްޓެމްބަރ  2018   

19 ސެޕްޓެންބަރު 2018
ހޯދާ