ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

`                                

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

          ދިއްދޫ

        ދިވެހިރާއްޖެ

 

                    ނަންބަރ: (IUL)225-AHRI/225/2018/6

                   އިޢުލާން

 

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރ

J-223161

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް2

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ  ހއ. ދިއްދޫ

މުސާރަ

މަހަކު 3470.00 ރުފިޔާ

ސަރވިސް އެލެވަންސް

މަހަކު 1000.00 ރުފިޔާ

އެހެނިހެން އެލަވަންސް

-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 - ސަޕޯޓިންގ ކޯ އެލަވަންސް1: މަހަކު 1200.00 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ކައުންސިލް އިދާރާގެ ދޮރުތަކާ ދޮރުފަތްތަކާ، ބިއްލޫރިތައް ފޮހެ ސާފުކުރުމާއި އިދާރާގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކުރުން.
  2. އަތޮޅު ކައުންސިލް އިދާރާގެ ފާޚާނާތައް ދޮވެ ސާފުކުރުން.
  3. އަތޮޅު ކައުންސިލް އިދާރާގައި ހައްދާފައިހުރި ގަސްތައް ކޮށައި އަދި ގޯތިތެރޭގައި ހެދޭ ވިނަނޮޅާ ސާފުކުރުން.
  4. އަތޮޅު ކައުންސިލް އިދާރާއިން ޕޯސްޓް ކުރަންޖެހޭ ތަކެތި ޕޯސްޓަށް ގެންގޮސް ޙަވާލު ކުރުން.
  5. ބޭންކް އޮފް މޯލްޑިވްސް ދިއްދޫ ބްރާންޗަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ގެންދިއުމާއި އަދި އެހެނިހެން ލިއުންތައް ބޭންކާއި ޙަވާލު ކުރުމުގެ މަސައްކަތް ކުރުން.
  6. ދިއްދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ރައްދު ކުރަންޖެހޭ ސިޓީ، އަދި އެހެނިހެން ތަކެތި ރައްދު ކުރުން .
  7. އަތޮޅު ކައުންސިލް އިދާރާއިން އެކިއެކި ބޭނުންތަކަށް ޙާޟިރުކުރަންޖެހޭ މީހުން ޙާޟިރުކުރުމަށް ގަޑިކިއުން.
  8. އަތޮޅު ކައުންސިލު އިދާރާއަށް ގެންނަން ބޭނުންވާ ތަކެތީގެ (އަގުބަލާ މުދާ ލިބިގަތުމަށް އެދޭ، އޯޑަރ ފޯމް) ފިހާރަތަކަށް ގެންގޮސް އަގު ޖެއްސެވުމަށް ފަހު އަނބުރާ އިދާރާއަށް ގެނައުން.
  9. އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން ގަންނަތަކެތި ގެނައުމާއި ތަކެތި ގަންނަ ފަރާތްކަށް އަދާ ކުރަންޖެހޭ ފައިސާގެ ބިލްތަކަށް ފައިސާ ޙަވާލު ކުރުމުގެމުގެ މަސައްކަތް.
  10. އެކި އެކި މުނާސަބަތާ ގުޅިގެން ދަޢުވަތު އެރުވޭ ފަރާތްތަކަށް ޙަވާލު ކުރަންޖެހޭ ދަޢުވަތު ކާޑުތައް އެފަރާތްތަކަށް ރައްދު ކުރުމުގެ މަސައްކަތް ކުރުން
  11. އެކިއެކި މުނާސަބަތާއި ގުޅިގެން ކައުންސިލްގެ ފަރާތުން ތައްޔާރުކުރާ ހޯލްތައްޔާރު ކުރުމާއި އެފަދަ ތަންތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރުން.
  12. އަތޮޅު ކައުންސިލްގެ ފަރާތުން ޢާއްމުކުރާ އިޢުލާނު ފަދަތަކެތި ޢާއްމު ތަންތަނުގައި ހަރު ކުރުމުގެ މަސައްކަތުގެ އިތުރުން އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ކުރުމަށް ހަމަޖައްސާ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ލިޔަން ކިޔަން އެގުން.

ނުވަތަ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ޙާޞިލް ކޮށްފައިވުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓެއް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާން ކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް  ވަޒީފާއަށް އެދޭފޯމް (މިފޯމް މިއިދާރާގެ ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) އަދި މިއިދާރާގެ  ވެބް ސައިޓް (www.halifatoll.gov.mv)  ންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

         (ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7.ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

        (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-         ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލް ކަމާއި ސިފަތަކަށް ބަލައިގެން (އިންޓަވިއުކޮށްގެން)

ކަނަޑައެޅިފައިވާ ޤަވާޢިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވާ ސުންގަޑި:

 މި މަޤާމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]އަދި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ފެކްސް ނަންބަރ: 6500068 މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ކުރުން އޮންނާނީ 06 އޮކްޓޯބަރ 2018އިން 08 އޮކްޓޯބަރ 2018 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވާނީ  [email protected]) )   އެޑްރެހަށެވެ.

 

 

09 މުޙައްރަމް   1440

19 ސެޕްޓެމްބަރ 2018

 

 

       

   

19 ސެޕްޓެންބަރު 2018
ހޯދާ