ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށް ގަލާއި، ގާކުނޑި އެޅުމާއި ބެހޭ؛

އެގިވަޑައިގަންނަވާނެ ފަދައިން މަގުމައްޗަށް ގަލާއި ގާކުނޑިފަދަ ތަކެތި އެޅުމަކީ އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި، މަގުގައި ދުއްވާ ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެކެވެ. އަދި ހަމައެހެންމެ މަގުމަތީގެ ޒީނަތްތެރިކަންވެސް އެއިގެ ސަބަބުން ނެތިވެދެއެވެ.

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މަގުމަތީގައި ހެދިފައިހުންނަ ވަޅުގަނޑުތަކަށް ގަލާއި ގާކުނޑިފަދަ ތަކެތި އަޅާ، އެއިގެ މައްޗަށް ފަސްނާޅާކަމުގެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. ކަންމިހެން ހުރުމާއިއެކު މިގޮތަށް ގަލާއި ގާކުނޑިފަދަ ތަކެތި އަޅާ ފަރާތްތަކާއިމެދު މިކައުންސިލްގެ ނަންބަރ 2013/R-2083 "ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު" އާއި އެހެނިހެން ޤާނޫނާއި ޤަވާއިދުތަކުން ކައުންސިލަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ފިޔަވަޅު އަޅާ ޖޫރިމައިނާ ކުރާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، އެއްވެސް ފަރާތަކުން މިފަދަ އަމަލެއް ނުހިންގެވުމަށް ނަޞޭޙަތްތެރިވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2018
ހޯދާ