ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: SAM/NSS/ANCE/2018/01
މަޤާމް: ސޭލްސް އެސިސްޓަންޓް
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ވަގުތީ
ވަޒީފާ އަދާކުރަންޖެހޭ ތަން: ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑްކުއާޓަރސް / ކ.މާލެ
މުސާރަ: -/3000ރ
ސަރވިސް އެލަވަންސް: -/2000ރ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކައުޓް އެސޯސިއޭޝަންގެ ޝޮޕް ހުޅުވައި ލެއްޕުން.
- ޝޮޕުން ތަކެތި ވިއްކުން.
- ޝޮޕުން ކުރެވޭ ވިޔަފާރީގެ ހިސާބުތައް ބަލަހައްޓައި އެސޯސިއޭޝަނަށް ޙަވާލުކުރުން.
- ސްކައުޓް އެސޯސިއޭޝަނަށް އަންނަ ފަރާތްތަކާއި އިޙްތިރާމާއެކު މުޢާމަލާތު ކުރުން.
- ސްކައުޓް އެސޯސިއޭޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައްކުރުން.
މާޤާމުގެ ޝަރުޠުތައް:
- ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ޖީސީއީ އޯލެވަލް އިމްތިޙާނުގައި 'އިނގިރޭސި' އަދި 'ހިސާބު' މި ދެ މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- 1 މަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
މަޤާމަށް އެދެންވީގޮތާއި ސުންގަޑީ
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއެސޯސިއޭޝަންގެ ހެޑްކުއާޓަރސްއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
18 ސެޕްޓެމްބަރ 2018