| 
 މަޤާމު: އެސިސްޓެންޓް ޓެކްނީޝަން 
 | 
| 
 މުސާރަ 
 | 
 މަހަކު -/5000 ރުފިޔާ 
 | 
 މަޤާމުގެ ބާވަތް 
 | 
 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް 
 | 
| 
 މަޤާމުގެ ރޭންކް 
 | 
 ޓީ.ޕީ 9 
 | 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 ޕަބްލިކް ސަރވިސް މީޑިއާ 
 | 
 ޑިޕާޓްމަންޓް 
 | 
 ނިވްސް އެންޑް ކަރަންޓް އެފެއަރޒް 
 | 
| 
 މަޤާމުގެ ބާވަތް 
 | 
 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް 
- މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.
 
 
 | 
| 
 އިތުރު ޢިނާޔަތްތައް: 
 | 
 ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރުފިޔާ 
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 މަޤާމުގެ ޝަރުތު: 
 | 
 ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
- ޓީވީ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމް އެޑިޓްކުރުމާއި ލައިވް ތަކުގައި ޓެކްނީޝަންގެ ގޮތުގައި މަސައްކަތް ކުރުން.
 
- ޕްރޮގްރާމްތަކާއި ބޮޑެތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
-  ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ޝޫޓިންތަކުގައި، ކަޓްސުވިޗްބޭނުންކޮށްގެން ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް ނެގުން.
 
- ވީޑިއޯ އެޑިޓްކުރުން.
 
- ޝޫޓިންގ އަދި ރެކޯރޑިން ތަކުގައި ސައުންޑް ހެދުން.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
 
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
 
- ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
 
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 
- ޕޮލިސް ރިޕޯޓް
 
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
 
 
 | 
| 
 އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: 
 | 
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު   އެފަރާތްތަކަށް އެކަންޏެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢްލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް 3000210،3000364 އާއި ގުޅުއްވުން އެދެމެވެ. 
 |