މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާގެ ނަންބަރު : (IUL)305/305/2018/93 (12 އޯގަސްޓް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

މިކައުންސިލްގެ ފަރާތުން މަގުމަތީގައި ކޮންނަންޖެހޭ ކޯރުތައް ކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:15 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:15 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  07  މުޙައްރަމް  1440

                 17 ސެޕްޓެމްބަރ 2018   

17 ސެޕްޓެންބަރު 2018
ހޯދާ