ދިވެހިރާއްޖެ
ށ. ފޭދޫ ޞިއްޙީމަރުކަޒު
ފޭދޫ،
ދިވެހިރާއްޖެ
ނަންބަރ: IUL)C04-SM/2018/04)
އިޢުލާން
މިމަރުކަޒުގައި ގުދަނަކާއި، ލޯންޑްރީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 އޮކްޓޯބަރ 2018 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް އަންދާސީ ހިސާބު ހުށައެޅުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިނުގަންވަނާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
07 މުޙައްރަމް 1440
17 ސެޕްޓެމްބަރ 2018