ދިވެހިރާއްޖެ
ބަނދަރުމައްޗާއި ރަށުތެރޭގައިހުރި މަގުބައްތިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2018/55 އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އިސްވެދެންނެވުނު އިޢުލާނު ބާޠިލްކުރުމަށްފަހު މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 04 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފަރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.