ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.
|
މަޤާމް: |
ކުދިންބަލަހައްޓާ (ކޮންޓްރެކްޓް) |
|
ބޭނުންވާ އަދަދު: |
8 |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
|
ސެކްޝަން |
ފިޔަވަތި، ހުޅުމާލެ |
|
މަޤާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
|
މަސައްކަތް އަދާކުރަން ޖެހޭ ތަން: |
ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުޞޫލުން، ދުވާލަކު 8 ގަޑިއިރު) |
|
މަސައްކަތު އެލަވަންސާއި އިތުރު އެލަވަންސްތައް: |
މަހަކު -/7250 ރުފިޔާ |
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1) ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ ތެރެއިން، ހުޅުމާލޭގެ "ފިޔަވަތި" ގައި ތިބޭ ކުދިން، ފިޔަވަތިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް، ބެލެހެއްޓުން. 2) "ފިޔަވަތި" ގައި ތިބޭ ކުދިންނަށް ކާންބޯންދިނުމާއި، ފެންވެރުވުމާއި، ނިންދެވުމާއި، ސްކޫލަށް ގެންދިއުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 3) "ފިޔަވަތި" ގައި ތިބޭ ކުދިން ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ހޮސްޕިޓަލަށް ގެންދިއުމާއި، ބޭސްދިނުމާއި، ކުދިން ބަލިވެއްޖެހިނދެއްގައި ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން. އަދި ހޮސްޕިޓަލުގައި ކުއްޖަކު އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އޮފީހުން ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލުގައި ކުއްޖާކައިރީ ޑިއުޓީކޮށް ބެލެހެއްޓުން. 4) "ފިޔަވަތި" ގައި ތިބޭ ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން. އަދި ފިޔަވަތި އިމާތާރުން ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެކުދިންނާއެކު އެތަންތަނަށް ގޮސް ކުދިން ބެލެހެއްޓުން. 5) "ފިޔަވަތި" ގެ އިތުރުން ވިލިގިނލި ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގައި ކުރުން. 6) ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ސާފުތާހިރުކޮށް ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަހައްދު (ފްލޯތައް) ސާފުތާހިރުކޮށް ބެލެހެއްޓުން. 7) މީގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން |
|
މަޤާމުގެ ޝަރުތުތައް: |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
1 އޮކްޓޫބަރު 2018 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. |
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) ގައެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން: |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027626 ނަންބަރު ފޯނަށެވެ. |
|
|
7 މުޙައްރަމް 1440ހ 17 ސެޕްޓެންބަރު 2018މ |
