ދިވެހިރާއްޖެ
ނަމްބަރ : (IUL)241-A/241/2018/12
ޢިއުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާގެ މަގުމަތީ ފާރު އަމިއްލަ ޚަރަދުގައި ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)241-B/241/2018/11 (2 ސެޕްޓޭމްބަރ 2018 ) ގެ އިއުލާނާ ގުޅިގެން އެކަމަން އެދި މައުލޫމާތު ސާފްކުރެއްވެވި ފަރާތްތަކުން ކަޑައެޅިފައިވާ ސުންގަޑިއަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.
ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނުގައި ބަޔާންކުރެވިފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުން |
އަންދާސީ ހިސާބުހުށަހެޅުން |
20 ސެޕްޓޭމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި |
27 ސެޕްޓޭމްބަރ 2018 ވާ ބްރާސްފަތި ދުވަހުގެ 13:30 ގައި |
މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކަށާއި ކަޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދަސީ ހިސާބު ބަލައި ނުގެނެވޭނެ ވާހަކަ ދަންނަވަމެވެ.
16 ސެޕްޓެމްބަރ 2018